





.jpeg?w=3840&q=75)


-
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން، "އެސްއެމްއީ ޑިޖިޓަލް މޮބައިލް އެޕް" މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މިއަދު ތަޢާރަފްކުރި މި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް، ކަސްޓަމަރުންނަށް ރައްކާތެރި އަދި ފަސޭހަ ޕްލެޓްފޯމެއްގެ ތެރެއިން ކޮންމެ ވަގުތަކުވެސް އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް އެސްއެމްއީ ޑިޖިޓަލްގެ ޚިދުމަތްތައް ހޯދޭނެއެވެ.
އެގޮތުން މި އެޕްލިކޭޝަންގެ މައިގަނޑު ޚިދުމަތްތަކުގެ ތެރޭގައި:
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ، މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބަދަލުވަމުންދާ ބޭނުންތަކަށް އެކަށޭނަ އަވަސް އަދި ފަސޭހަ މާލީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، ފުރިހަމަ ޑިޖިޓަލް މާލީ އިދާރާއަކަށް ވުމަށް ކުރާ ދަތުރަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި އެޕްލިކޭޝަނަށް އިތުރު އައު ފީޗާތައް ތަޢާރަފުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުސްތަޤްބަލުގައި މި އެޕްލިކޭޝަން މެދުވެރިކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ވިއްކޭނެ ޚާއްޞަ މާކެޓްޕްލޭސްއެއް ތަޢާރަފުކުރުމަށް ވަނީ ނިންމާފައެވެ.
އެސްއެމްއީ ޑިޖިޓަލް މޮބައިލް އެޕް ދާދި އަވަހަށް އެޕް ސްޓޯރ އަދި ގޫގުލް ޕްލޭ އިން ޑައުންލޯޑް ކުރެވޭނެއެވެ. މި އެޕް ބޭނުންކުރުމުގެ ފުރުޞަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ އެކި މަރުޙަލާތަކަށް ބަހާލައިގެންނެވެ. މިއީ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ތިބި ވިޔަފާރިތަކަށް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް މާލީ ޚިދުމަތް ފޯރުކޮށްދީ، މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމަށް އެސްއެމްއީ ޑިޖިޓަލްއިން ގެންގުޅޭ ތަސައްވުރުގެ މުހިންމު ބައެކެވެ.








