



.jpg?w=3840&q=75)




ހުޅުމާލެ ފޭސް 2ގެ ވިނަރެސް 7 ކައިރީ ހިނގި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 9 އަހަރުގެ ކުޑަކުއްޖަކަށް ކަމަށް ފުލުހުން ހާމަކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ދާދި ދެންމެ އަކު ވިދާޅުވީ މި ހާދިސާގައި އަނިޔާވެގެން ފަރުވާދެމުން އަންނަނީ 9 އަހަރުގެ ދިވެހި އަންހެން ކުއްޖަކަށް ކަމަށާއި ކުއްޖާގެ ހާލު ސީރިއަސް ކަމަށެވެ.
މީގެ އިރުކޮޅެއް ކުރިން މި އެކްސިޑެންޓް ހިނގާފައި ވަނީ ވިނަރެސް ފްލެޓްތައް ކައިރީގައި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.
މީސް މީޑިއާގައި މިހާރު ދައުރުވަމުންދާ މި ހާދިސާގެ ވީޑިއޯތަކުން ފެނިގެން ދަނީ އެކްސިޑެންޓްގައި އަނިޔާވި ކުޑަކުއްޖަކު ބިން މައްޗަށް ވެއްޓިފައި އޮތް އިރު އެސަރަހައްދުގައި ގިނަ އަދަދެއްގެ ލޭ ހުރި މަންޒަރެވެ.
އެ ކުއްޖާއަށް ސީދާ ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.
ފުލުހުންގެ މީޑިިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލެ ފޭސް 2، ވިނަރެސް 7 ކައިރީ އެކްސިޑެންޓެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.




.jpg?w=3840&q=75)


.png?w=3840&q=75)
