




.jpg?w=3840&q=75)


.jpg?w=2048&q=75)
-
ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ ޖުމްލަ އާމްދަނީން 40 ޕަސެންޓް ރާއްޖޭގެ ބޭންކުތަކަށް ރުފިޔާއަށް މާރުކުރަން ގާނޫނުން ލާޒިމްކުރީ، ގައުމުގައި ޑޮލަރު ދައުރުނުވާ މައްސަލަ ހައްލުކޮށް ރައްޔިތުންގެ ހައްގުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޓީވީ ޗެނެލަކަށް ދެއްވި އިންޓަވިއުއެއްގައި ނައިބު ރައީސް ވިދާޅުވީ، ބޭންކުތަކަށް ޑޮލަރު މާރުކުރުމުގެ ވާހަކައަކީ ރާއްޖޭގެ ވެރިކަން ކުރެއްވި ހުރިހާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ވެސް މީގެ ކުރިން ދެކެވިފައިވާ ވާހަކައެއް ކަމަށެވެ.
އަދި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން މި ސިޔާސަތު ތަންފީޒުކުރުމާ ހަމައަށް ގެންދިއުމަށްފަހު ފަހަތު ފަޔަށް ބުރަވި ކަމަށާއި، ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަފާތަކީ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެޅުއްވި ފިޔަވަޅުން ފަހަތަށް ޖެހިވަޑައިނުގަތުން ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ އިގުތިސާދު މިހާރު މިއޮތް ނާޒުކު ހާލަތަށް ވެއްޓުނީ އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕުކުރުމުގެ ސަބަބުން ކަމަށާއި އެކަމުގެ ޒިންމާ އެމްޑީޕީން ނަގަންޖެހޭނެ ކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ގައުމު އޮތީ ބަގުރޫޓުވާ ހިސާބުގައި ކަމަށާއި، މިހާރު ކުރިއަށްދަނީ އަލުން ގައުމު ބިނާކުރުމުގެ ބުރަ މަސައްކަތް ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ޑޮލަރު މާރުކުރުމުގެ ސިޔާސަތުގެ ސަބަބުން ލިބޭ މަންފާއަށް ކޮންމެވެސް ވަރެއްގެ އުނިކަމެއް އަންނާތީ ހިތްހަމަނުޖެހޭ ބަޔަކު އުޅުނު ނަމަވެސް، ވިޔަފާރިތައް ވެސް ކުރިއަރާނީ ގައުމުގެ މިނިވަންކަމާއި އިގުތިޞާދީ ހަމަޖެހުން ދެމެހެއްޓިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.





.jpg?w=3840&q=75)


