





.jpg?w=3840&q=75)


-
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ އިސް ވެރިންގެ ޓީމަކުން، ތުވާލޫގެ ބޮޑުވަޒީރުގެ ނައިބު އަދި ފިނޭންސް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު، ޕަނަޕާސީ ނެލެސޯން އާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ސްޓޭޓް މިނިސްޓަރު ފާއިޒެވެ.
މި ބައްދަލުވުމަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) ކުނި މެނޭޖުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި، މި ދާއިރާއިން ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ. އެގޮތުން، ޖަޒީރާ ޤައުމުތަކަށް ޚާއްޞަކޮށް ކުރިމަތިވާ ބިމުގެ ދަތިކަމާއި، ރަށްތައް ވަކިވަކިން އެކަހެރިކޮށް އުފެދިފައި އޮތުމުގެ ސަބަބުން ދިމާވާ ލޮޖިސްޓިކްސްގެ ދަތިތައް ހައްލުކުރުމަށް ދެ ޤައުމުގެ ތަޖުރިބާ ހިއްސާކޮށް، އެކަންކަމަށް ގެންގުޅެވިދާނެ ހައްލުތަކާ ގުޅޭގޮތުން ދެފަރާތުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގެ ސަބަބުން ތިމާވެށީގެ ގޮތުން އެއްގޮތް ގޮންޖެހުންތަކެއް ހުރި ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.








.jpeg?w=3840&q=75)