


.jpeg?w=3840&q=75)
.jpeg?w=3840&q=75)

.png?w=3840&q=75)


ދަރުމަންވަންތަ ހޮސްޕިޓަލް
ބިދޭސީން މަސައްކަތްކުރާ ދާއިރާތަކުގެ ކެޓަގަރީ ލިސްޓަށް ގެނެއި ބަދަލާ ގުޅިގެން، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ ސިއްހީ މަސައްކަތްތެރިންގެ ހައްގުތައް ގެއްލުމެންދާތީ، އެކަމާ ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިކަމާ ގުޅިގެން އެމްއެޗްޕީޔޫ އިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ އިން އެކުލަވާލި އެކްސްޕޯޓް ސިސްޓަމް އޮކިއުޕޭޝަން ކެޓަގަރައިޒޭޝަން ލިސްޓް އަޕްގްރޭޓްކުރުމުގެ ސަބަބުން ސިއްހީ ހިދުމަތްތެރިންގެ ތެރެއިން ބައެއް ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ލެބް ޓެކް އަދި މެޑިކަލް އިމޭޖިން ސްޓާފުން "ޕްރޮފެޝަނަލް" އިން " ނޮން- ޕްރޮފެޝަނަލް" ކެޓަގަރީއަށް ބަދަލުވެފައިވާ ކަމަށެވެ.
މިކަމުގެ ސަބަބުން ޑިޕެންޑެންޓް ވިސާ އާއި މަނީ ޓްރާންސްފާ ލިމިޓް މަތިވުން ފަދަ، ޕްރޮފެޝަނަލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ މުހިންމު އިނާއަތްތައް ގެއްލިފައިވާކަމަށް އެމްއެޗްޕީޔޫ އިން ފާހަގަކުރި އެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ ސިއްހީ މަސައްކަތްތެރިންނަށް މިހާރު ޑިޕެންޑެންޓް ރެސިޑެންސް ވިސާ އަލުން އާ ނުކުރެވުމުގެ ސަބަބުން އާއިލާތައް ބައިބައިވެ، އަނބިދަރިން ފޮނުވާލަން މަޖުބޫރެވެ، އެމީހުންގެ ދިރިއުޅުމާއި، ދުޅަހެޔޮކަމަށް އަދި ސިއްހީ ނިޒާމަށް ވަރަށް ބޮޑަށް އަސަރު ކުރާނެކަމަށްވެސް އެމްއެޗްޕީޔޫ އިން ފާހަގަކުރި އެވެ.
ސިއްހީ ދާއިރާގައި އެތައް ބިދޭސީން މަސައްކަތްތެރިން މަސައްކަތްކުރަމުންދާއިރު، ހޯމްލޭންޑް މިނިސްޓްރީން ގެނައި މި ބަދަލުގައި ހިމެނޭ ތައުލީމާއި ޒިންމާތަކަށް ބަލައި ކެޓަގަރީ އަލުން މުރާޖައާކުރުމަށް އެމްއެޗްޕީޔޫއިން ވަނީ ގޮވާލާފަ އެވެ.
ހަމައެއާއެކު ހެލްތް މިނިސްޓްރީން މިކަމަށް އިސްނައިގެން ސިއްހީ ހިދުމަތްތެރިންނަށް ހޯދައިދޭންޖެހޭ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރަމަށްވެސް އެމްއެޗްޕީޔޫއިން ވަނީ އިލްތިމާސްކޮށްފަ އެވެ.



.jpeg?w=3840&q=75)
.jpeg?w=3840&q=75)



