
ބެކްލޮގުގައި 2500 އަށްވުރެ ގިނަ ޕާސްޕޯޓު އެބަހުރި ކަމަށާއި އެއްކޮށް ކްލިއަކުރަން 5 ދުވަސް ނަގާނެކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައެވެ.
ހޯމްލޭންޑް މިނިސްޓަރ ވިދާޅުވީ ޕާސްޕޯޓު ޕްރިންޓުކުރާ ޖަރުމަނުވިލާތުގެ ކުންފުންޏަށް ދިމާވެފައިވާ މައްސަލަ ހައްލުވެއްޖެ ކަމަށާއި، މި ހަފުތާ ބަންދުގައި ޕާސްޕޯޓުގެ އައު ސްޓޮކް ލިބޭނެ ކަމަށެވެ.
މީގެއިތުރުން ބެކްލޮގުގައި 2،646 ވަރަކަށް ޕާސްޕޯޓު ހެދުމުގެ ރިކުއެސްޓުތައް ހުރިކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ އަންނަ ހަފުތާއިން ފެށިގެން ޕާސްޕޯޓު ދޫކުރަން ފެށޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ބެކްލޮގްގައި ހުރި ޕާސްޕޯޓުތައް އެއްކޮަށް ކްލިއަރކުރުމަށް ހަފްތާއެއް ނުވަތަ 5 ދުވަސް ނަގާނެކަމަށް ލަފާކުރެވޭ ކަމުގައި ވިދާޅުވިއެވެ.
އިޙްސާން ވިދާޅުވީ ދުވާލަކު އާންމުކޮށް 350އެއްހާ މީހުން ޕާސްޕޯޓު ހައްދަން އެދޭ ކަމަށެވެ.










.png?w=3840&q=75)
.jpg?w=3840&q=75)