


.jpeg?w=3840&q=75)





-
ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ 5 ދުވަހުގެ "ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ" ޕްރޮގްރާމް ނިންމާލައިފި އެވެ.
މި ތަމްރީނު ޕްރޮގްރާމް ނިންމުމަށް އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޞިއްދީޤެވެ.
މިއީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހިމެނޭ 5 މުއައްސަސާއެއްގެ 30 މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ތޯހާ ނަޢީމާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޞަބާޙްގެ އިތުރުން، ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅުންހުރި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ކުޑަކުދިންގެ ޙައްޤުތަކާއި އެކުދިންނާ މެދު ޢަމަލުކުރާނެ އުޞޫލުތަކަށް އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި ކުރިއަށްގެންދެވުނު މުހިންމު ޕްރޮގްރާމެކެވެ.



.jpeg?w=3840&q=75)




