
.jpeg?w=3840&q=75)
.jpeg?w=3840&q=75)

.png?w=3840&q=75)




249174_1da324f3-e_
ނަފްސާނީ މައްސަލަތަކަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލުގައި ވަކި ސެންޓަރެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.
އެ ހޮސްޕިޓަލްގެ ފްރޮންޓް އޮފިސް އަދި ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަބްދުﷲ މައުރޫފް މިއަދު ވިދާޅުވީ، އަންނަ މަހުގެ 10 ގައި ފާހަގަކުރާ ނަފްސާނީ ސިއްހަތުގެ ދުވަހު އެ ތަން ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މައުރޫފް ވިދާޅުވީ ސައިކޭޓްރިސްޓަކާ އެކު، ނަފްސާނީ ބައްޔަށް ފަރުވާ ދޭން ފެށީ މީގެ ދެ މަހެއް ކުރިން ކަމަށާއި އެކަމަށް ފަރުވާ ހޯދަން ގިނަ ބަޔަކު ނަން ނޯޓު ކޮށްފައިވީ ނަމަވެސް، މި ވަގުތު ދިމާވާ އެންމެ ބޮޑު ދައްޗަކީ ފަރުވާ ދިނުމަށް އެންމެ ސައިކޭޓްރިސްޓެއް މަސައްކަތްކުރަމުންދާ ކަމެވެ.
ނަމަވެސް މެންޓަލް ހެލްތު ސެންޓަރު ހުޅުވާނީ އިތުރު ސައިކޭޓްރިސްޓުންނާއި ސައިކޮލޮޖިސްޓުންނާ އެކު ކަމަށް މައުރޫފް ވިދާޅުވި އެވެ.

.jpeg?w=3840&q=75)
.jpeg?w=3840&q=75)

.png?w=3840&q=75)



