








ކޯރާ ކޯރާ މޯލްޑްވްސްގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ..
ރ. މީދޫގައި މިހާރު ކުރިއަށްދާ "އިތާ، އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް 2026 ފައިނަލުގައި މިރޭ އެންމެ ފަހުގެ ރަނަރަޕް ކުޑަފުށި ސީދާ ތިން ސެޓުން ބަލިކޮށް ކޯރާ ކޯރާ މޯލްޑިވްސް ފުރަތަމަ އިން ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މުބާރާތުގެ ފައިނަލުން ކޯރާ ކޯރާ މޯލްޑިވްސް ޖާގަ ހޯދީ ލީގުބުރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ލީގު ބުރުގެ ދެވަނަ ޓީމުގެ ގޮތުގައި ކުޑަފުށި ފައިނަލުން ޖާގަ ހޯދިއިރު، މިދެޓީމު ލީގުބުރުގައި ވާދަކުރި މެޗުވެސް ސީދާ ތިން ސެޓުން ކާމިޔާބުކުރީ ކޯރާ ކޯރާ މޯލްޑިވްސް އިންނެވެ.
މިރޭގެ ފޯރިގަދަ ފައިނަލް މެޗުގެ ފުރަތަމަ ސެޓް ފަސް ޕޮއިންޓްގެ ލީޑަކާއެކު 20-25 ގެ ނަތީޖާއަކުން ކޯރާ ކޯރާ ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ހަ ޕޮއިންޓްގެ ލީޑަކާއެކު 19-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
މެޗުގެ ތިންވަނަ ސެޓުގައި ކުޑަފުށިން ކުޅުން ރަނގަޅުކުރި ނަމަވެސް ވާދަވެރި ކުޅުމަކަށްފަހު 23-25 ގެ ނަތީޖާއަކުން ސެޓް ކާމިޔާބުކޮށް ކޯރާ ކޯރާ މޯލްޑިވްސް އިން ވަނީ ފުރަތަމަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.
16 އޮގަސްޓް 2026 އިން 28 އޮގަސްޓް 2026ގެ ނިޔަލަށް ރ. މީދޫގައި ކުރިއަށްދިޔަ މިމުބާރާތުގައި މިއަހަރު ޖުމްލަ ހަ ޓީމު ވާދަކޮށްފައިވާއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ދެބުރަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބުރުގެ މެޗުތައް ހަ ޓީމު ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށްފަހު ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމު ދެވަނަ ބުރަށް ވަނީ ކޮލިފައިވެފައެވެ.
މުބާރާތުގެ ދެވަނަ ބުރު ކުރިއަށް ގެންގޮސްފައިވަނީ ފުރަތަމަ ބުރުގެ ދެ ގުރޫޕުން ދެވަނަ ބުރަށް ކޮލިފައިވީ ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.








