
.jpeg?w=3840&q=75)

%20(1).jpeg?w=3840&q=75)





އާމިރު އަދި މޯޑް.. ފޮޓޯ: ގާފު ސްޕޯޓްސް
ކެރޮއާގައި މިހާރު ކުރިއަށްދާ މާސްޓާސް ވޯލްޑް ޗެމްޕިއަންޝިޕް، ފިރިހެނުންގެ 1500 މީޓަރު އިވެންޓުގެ ފައިނަލުން ރާއްޖޭގެ މުހައްމަދު ރަޝީދު (މޯޑް) ޖާގަ ހޯދިއިރު، 200 މީޓަރުގެ ހީޓުން ރާއްޖޭގެ ކުރީގެ އެންމެ ބާރު ދުވުންތެރިޔާ މުހައްމަދު އާމިރު ޖާގަ ހޯދައިފިއެވެ.
ކޮރެއާގެ ޑޮގޫގައި ކުރިއަށް މިމުބާރާތުގެ ފިރިހެން 35 އަހަރާއި 39 އަހަރާއި ދެމެދުގެ އުމުރުފުރާގައި ވާދަކުރި މޯޑް 1500 މީޓަރު އިވެންޓުގެ ފައިނަލުން ޖާގަ ހޯދީ މިއަދު ކުރިއަށްދިޔަ މިއިވެންޓްގެ ސެމީފައިނަލް ފުރަތަމަ ހީޓުގައި ވާދަކޮށް 4:24.69 އިން ރޭސް ނިންމައިގެންނެވެ.
މި މުބާރާތުގެ 800 މީޓަރު ދުވުމުގެ ފައިނަލުގައި ވެސް މޯޑް ވާދަކުރިއިރު، އެއިވެންޓުން މޯޑް ވަނީ އަށްވަނަ ހޯދާފައެވެ. މީގެ އިތުރުން މިއަދު ކުރިއަށްދިޔަ ފިރިހެނުންގެ 55 އަހަރާއި 59 އަހަރާއި ދެމެދުގެ އުމުރުފުރާގެ 200 މީޓަރު ހަތަރުވަނަ ހީޓުގައި ވާދަކޮށް ރާއްޖޭގެ ކުރީގެ އެއްވަނަ ދުވުންތެރިޔާ އާމިރު ވަނީ ހީޓުން ތިންވަނަ ހޯދާފައެވެ.
200 މީޓަރު އިވެންޓުގައި ޖުމްލަ 56 އެތްލީޓުން ހަ ހީޓުގައި ވާދަކުރިއިރު، އާމިރު ވަނީ މި އިވެންޓުން 17 ވަނަ ހޯދާފައެވެ. އަދި އާމިރު ރޭސް ނިންމާފައިވަނީ 26.79 ސިކުންތުންނެވެ.
22 އޮގަސްޓް 2026 އިން 03 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް ކޮރެއާގެ ޑޮގޫގައި ކުރިއަށްދާ މި މުބާރާތުގައި ދުނިޔޭގެ އެކި ސަރަހައްދުތަކުން، 100 އަށްވުރެ ގިނަ ގައުމުން، 7000 އަށް ގިނަ އެތްލީޓުން ވާދަކުރާއިރު، މިމުބާރާތުގައި ވާދަކުރާ ދިވެހި ޓީމުގައި މިފަހަރު ހިމެނެނީ ހަތަރު އެތްލީޓުންނެވެ.
މިމުބާރާތުގެ 800 މީޓަރު އަދި 1500 މީޓަރު ގެ އިތުރުން ހާފް މެރަތަންގައި ވެސް މޯޑް ވާދަކުރުމަށް ހަމަޖެހިފައިވާއިރު، މިއީ އިންޓަނޭޝަނަލް މާސްޓާސް މުބާރާތެއްގައި މޯޑް ވާދަކުރާ ތިންވަނަ ފަހަރެވެ.





.jpeg?w=3840&q=75)

%20(1).jpeg?w=3840&q=75)
