





.jpeg?w=3840&q=75)


ޓީމު ބަދަވީން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ..ފޮޓޯ: ގާފު ސްޕޯޓްސް
މާސްޓާ ޑެންޓަލް ކްލިނިކްގެ ފަރާތުން އިންތިޒާމުކޮށް ބޭއްވި "އެމްޑީސީ ވޮލީބޯޅަ ޓޯނަމަންޓް 2026" ގެ ޗެމްޕިއަންކަން ޓީމު ބަދަވީން ހޯދައިފިއެވެ.
ބަދަވީން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ރެދަން އާއި ވާދަކޮށް ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
މިމުބާރާތަކީ އެމްޑީސީގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ އިތުރުން ދުޅަހެޔޮ ސިއްޚަތެއްގައި ތިބުމަށް ބާރު އެޅުމުގެ ގޮތުން މިދިޔަ އަހަރުން ފެށިގެން އެކުންފުނިން ބާއްވަމުން އަންނަ މުބާރާތެކެވެ.
ކުޅިވަރު އެކުވެނީ ވޮލީ ކޯޓުގައި މިއަދު ހެނދުނު ކުރިއަށްދިޔަ މިމުބާރާތުގައި ޖުމްލަ ތިން ޓީމު ވާދަކުރިއިރު މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.
އެގޮތުން ލީގުބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީމު ބަދަވީން ފައިނަލަށް ހޮވުނުއިރު، ލީގުބުރުގައި ވެސް އެޓީމުން ވަނީ ޓީމު ރެދަން ބަލިކޮށްފައެވެ.








