







%20(3).jpeg?w=1200&q=75)
-
ދިވެހި ޕާސްޕޯޓް ދޫކުރުމުގެ އުސޫލުތަކަށް މުހިންމު ބަދަލުތަކެއް ގެނައުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.
މި ބަދަލު ގެންނަން ނިންމާފައިވަނީ ޕާސްޕޯޓް ބުކްލެޓް ރާއްޖެއަށް ފޯރުކޮށްދޭ ޖަރުމަނުވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަކަށް ދިމާވި މައްސަލަ ހައްލުވި ނަމަވެސް، ރާއްޖެއަށް ބުކްލެޓް ލިބުމުގައި ހުރި ދަތިތަކަކާ ގުޅިގެންނެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، 2016 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ޕާސްޕޯޓް ބުކްލެޓް ފޯރުކޮށްދޭ ކުންފުނީގެ ޕްރިންޓް ހައުސްއަށް ދިމާވި މައްސަލައަކާ ގުޅިގެން، އަންދާޒާކުރި ތާރީޚަށް ސްޓޮކް ލިބުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. އެހެންކަމުން، މިހާރު ހުރި ޕާސްޕޯޓް ސްޓޮކް މެނޭޖްކުރުމަށްޓަކައި 28 އޮގަސްޓު 2026 އިން ފެށިގެން ޕާސްޕޯޓް ދޫކުރުމުގައި ބައެއް ބަދަލުތައް ގެނައުމަށް ވަނީ ނިންމާފައެވެ.
އަލަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:
އިމަޖެންސީ ޕާސްޕޯޓަކީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކާ އެއްގޮތަށް، 1 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރެވޭ 8 ޞަފްޙާގެ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ.
އިމިގްރޭޝަނުން ފާހަގަކުރި ގޮތުގައި، ޕާސްޕޯޓް ބުކްލެޓް ފޯރުކޮށްދޭ ކުންފުންޏަކީ ފާއިތުވި 10 އަހަރުވެސް އެއްވެސް މައްސަލައެއް ނުޖެހި ތަކެތި ފޯރުކޮށްދީފައިވާ ކުންފުންޏެކެވެ. އަދި ޕާސްޕޯޓް ދޫކުރުމުގެ އުސޫލުތަކަށް މިވަގުތު ބަދަލުތަކެއް ގެނެވުނު ނަމަވެސް، އެއްވެސް ދިވެހި ރައްޔިތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި އެއްވެސް ދަތިކަމެއް ނުވަތަ ހުރަހެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އިމިގްރޭޝަނުން ވަނީ ދީފައެވެ.




