
%20(1).jpeg?w=3840&q=75)




.jpg?w=3840&q=75)

.jpg?w=3840&q=75)
-
ދިވެހި ދައުލަތަށް 53 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ވ. ކެޔޮދޫ، އަލިވާގޭ، ޢަބްދުއްލަޠީފް ޙަސަން އަވަހާރަވުމާ ގުޅިގެން އެ މަރްޙޫމްގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޢަބްދުއްލަޠީފް ޙަސަން އަވަހާރަވުމުގެ ފުން ހިތާމައިގައި ބައިވެރިވެވަޑައިގެން، މަރްޙޫމްގެ ލޮބުވެތި ޢާއިލާއަށާއި ފެލިދެއަތޮޅުގެ އެންމެހައި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައެވެ. އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި މަރްޙޫމް ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާ ކުރައްވާފައެވެ.
މަރްޙޫމް ޢަބްދުއްލަޠީފް ޙަސަނަކީ ފެލިދެ އަތޮޅުގެ އަތޮޅުވެރިކަމުގެ މަޤާމުގެ އިތުރުން އެ އަތޮޅުގެ އެކި އިސް މަޤާމުތައް ފުރުއްވައި، ދިވެހި ދައުލަތަށް 53 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.
ޢަބްދުއްލަޠީފް ޙަސަން އަވަހާރަވެފައިވަނީ ޢުމުރުފުޅުން 93 އަހަރުގައެވެ.
.jpg?w=3840&q=75)




%20(1).jpeg?w=3840&q=75)


