
%20(1).jpeg?w=3840&q=75)




.jpg?w=3840&q=75)

%20(1).jpeg?w=1200&q=75)
އަލްފާ' ގެ ޕޯސްޓަރެއް'
ބޮލީވުޑްގެ ކުޅަދާނަ ބަތަލާ އާލިއާ ބަޓް، ޝަރްވަރީ އަދި ބޮބީ ޑިއޯލް ލީޑް ރޯލުން ފެނިގެންދާ ވަރުގަދަ އެކްޝަން ތްރިލަރ ފިލްމު 'އަލްފާ' ނެޓްފްލިކްސްއަށް އަންނަން ތައްޔާރުވެއްޖެއެވެ.
ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ މަޝްހޫރު 'ސްޕައި ޔުނިވާސް' ގެ ދަށުން އުފައްދާފައިވާ މި ފިލްމަކީ، މި ފްރެންޗައިޒްގައި އަންހެން ލީޑުން ފެނިގެންދާ ފުރަތަމަ ފިލްމެވެ.
އާލިއާ އާއި ޝަރްވަރީ ވަރުގަދަ ސީކްރެޓް އޭޖެންޓުންގެ ރޯލުން ފެނިގެންދާއިރު، ބޮބީ ޑިއޯލް ފެނިގެންދަނީ ފިލްމުގެ ވަރަށް މުހިންމު (ވިލަންގެ) ރޯލަކުންނެވެ.
ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މި ފިލްމުގެ އެކްޝަން މަންޒަރުތައް ވަރަށް ފުރިހަމަވާނެ ކަމަށް އުފެއްދުންތެރިން ވަނީ ބުނެފައެވެ.
ސިނަމާތަކުގައި ފިލްމު ނުބެލުނު ފަރާތްތަކާއި، ގޭގައި ތިބެގެން ފަސޭހަކަމާއެކު ފިލްމު ބަލައިލަން ބޭނުންވާ ސަޕޯޓަރުން އަންނަނީ 'އަލްފާ' ގެ ޑިޖިޓަލް ޕްރިމިއާއަށް ވަރަށް ބޮޑަށް އިންތިޒާރުކުރަމުންނެވެ. އާންމުގޮތެއްގައި ވައިއާރްއެފްގެ މިފަދަ ބޮޑެތި ފިލްމުތައް، ސިނަމާތަކުގައި އަޅުވާތާ މަދު ހަފްތާތަކެއްގެ ތެރޭގައި ނެޓްފްލިކްސް ނުވަތަ އެމެޒޯން ޕްރައިމް ވީޑިއޯ ފަދަ މަޝްހޫރު އޯޓީޓީ ޕްލެޓްފޯމްތަކަށް އާދެއެވެ.
މާދަމާ 'އަލްފާ' ނެޓްފްލިކްސް އިން ބެލުންތެރިންނަށް ފެނިގެންދާނެއެވެ.

%20(1).jpeg?w=3840&q=75)



%20(1).jpeg?w=3840&q=75)


