
%20(1).jpeg?w=3840&q=75)




.jpg?w=3840&q=75)


-
ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްލައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުޞަތު ފަހިކޮށްދެއްވުމަށްޓަކައި ސަރުކާރުން ފަށްޓަވާފައިވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ފަރާތްތަކަށް ނަން ނޯޓުކުރެއްވުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.
ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން މި ބުރުގައި ފުރުޞަތު ހުޅުވާލާފައިވަނީ 8 ދާއިރާއަކަށް ނިސްބަތްވާ ރައްޔިތުންނަށެވެ.
އެ ދާއިރާތަކަކީ:
"ރައްޔިތުންގެ އަޑު" ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި މިކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް (https://rayyithungeadu.presidency.gov.mv/) މެދުވެރިކުރައްވައި 31 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ ރޭ 12:00 ގެ ކުރިން ނަން ނޯޓުކުރެއްވުމަށް ރައީސް އޮފީހުން ވަނީ އެދިވަޑައިގެންފައެވެ.
މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުޞޫލާއި އިތުރު ތަފްޞީލުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން މިހާރު ފެނިވަޑައިގަންނަވާނެއެވެ.

%20(1).jpeg?w=3840&q=75)


