
%20(1).jpeg?w=3840&q=75)




.jpg?w=3840&q=75)


-
ހުޅުމާލޭ ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަޔަކު ބަދުއަޚުލާޤީ ޢަމަލު ހިންގާ ކަމަށް ބެލެވޭ މަންޒަރު ފެންނަ ވީޑިއޯއެއްގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސަމާލުކަމަށް އައިސް، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަން ފަށައިފިއެވެ.
މިއަދު މީސްމީޑިއާގައި ޢާންމުވެފައިވާ މި ވީޑިއޯއިން ފެންނަނީ ހިޔާ ސަރަޙައްދުގެ ނޫ ކުލައިގެ ޓަވަރެއްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ދެމީހަކު ޖިންސީ ގުޅުން ހިންގާ މަންޒަރެވެ.
މި ވީޑިއޯ ޢާންމުވުމާއެކު ގިނަ ބައެއްގެ މެދުގައި ވަނީ ބޮޑު ނުރުހުމަކާއި ކަންބޮޑުވުމެއް އުފެދިފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ވީޑިއޯ މިހާރު ވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފައެވެ.
އަދި މިކަމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަމާއި މަޢުލޫމާތުތައް ފުލުހުން ދަނީ މިހާރު ތަޙުޤީޤުކުރަމުންކަންވެސް ވަނީ ހާމަކޮށްފައެވެ.

%20(1).jpeg?w=3840&q=75)






.jpeg?w=3840&q=75)