%20(1).jpg?w=2048&q=75)
ހިމަބިހި:-
މާލެ ސަރަހައްދުން ވޭތުވެދިޔަ ހަފްތާގައި އިތުރު 17 މީހަކު ހިމަބިއްސަށް (މީސަލްސް) ފައްސިވެ، މިއަހަރުގެ މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 243 އަށް އަރައިފިއެވެ.
ރާއްޖެއިން ހިމަބިހި މުޅިން ނައްތާލާފައިވާކަން 2017 ވަނަ އަހަރު އިޢުލާނުކުރި ނަމަވެސް، އޭގެ ފަހުން 2020 ވަނަ އަހަރާއި 2023 ވަނަ އަހަރުވެސް މި ބަލި ޖެހިފައިވާ މަދު ބަޔަކު ވަނީ ފެނިފައެވެ.
ނަމަވެސް، މިއަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކަށް މި ބަލި ޖެހިފައިވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފާހަގަކުރެއެވެ.
އެޗްޕީއޭއިން ވިދާޅުވި ގޮތުގައި، މި ބަލި ފެތުރުން ހުއްޓުވުމަށް ކުރިއަށްގެންދާ ޚާއްޞަ ވެކްސިނޭޝަން ޕްރޮގްރާމުގެ ދަށުން މިހާތަނަށް 16،045 މީހަކަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.
ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީން ނުވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒުތަކަށް ގޮސް ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބަލިޖެހިފައިވާ މީހަކާއި ގާތުން އެއްތާވި ފަރާތްތަކަށް ހުޅުމާލޭ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތް ކެއާ ސެންޓަރުން ކަނޑައެޅިފައިވާ ވަގުތުތަކުގައި ވެކްސިން ޖެހޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މީގެއިތުރުން، މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުންވެސް ކަނޑައެޅިފައިވާ ވަގުތުތަކުގައި މި ވެކްސިންގެ ޚިދުމަތް ޢާންމުންނަށް ލިބެމުންދާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.


.jpg?w=3840&q=75)
%20(1).jpg?w=3840&q=75)



.jpg?w=3840&q=75)
%20(1).jpg?w=3840&q=75)



.jpg?w=3840&q=75)
%20(1).jpg?w=3840&q=75)
.jpg?w=3840&q=75)
