.jpg?w=2048&q=75)
ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ 09 ކޭސް ވަނީ މާލެ ސަރަހައްދުން ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިމް ބުނީ މިއާއެކު މިއަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމްލަ 252 ކޭސް ރިޕޯޓް ކުރެވިފައިވާ ކަމަށާއި ގިނައިން ޕޮޒިޓިވްވަނީ 18 އަހަރުން މަތީގެ ދިވެހިން ކަމަށެވެ. އަދި ޖުމްލަ 2281 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށާއި މީގެ ތެރެއިން އެކްޓިވް 215 ކޮންޓްކްޓުން ދަނީ މޮނިޓަރ ކުރެވެމުން ކަމަށް ވެސް ބުނެއެވެ.
މީގެއިތުރުން މިހާތަނަށް 16,216 ފަރާތަކަށް ވެކްސިން ދެވިފައިވާ ކަމަށާއި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއ ގުޅިގެން އެޗް.ޕީ.އޭ އިން ދަނީ މަސައްކަތް ކުރަމުން ކަމަށް ވެސް އެ އިދާރާ އިން ބުނެއެވެ.
ހިމަބިއްސަށްހޭލުންތެރިކަން އިތުރުކުރުމަށް އެޗް.ޕީ.އޭ ގެ މީސްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އާންމުން ހޭލުންތެރިކުރުމުގެ މެސެޖުތައް ދަނީ ފޯރުކޮށްދެމުންނެވެ. އަދި ޓީވީ އާއި ރޭޑިއޯ ޕްރޮގްރާމްތައް މެދުވެރިކޮށް ބައްޔާ ގުޅޭ ސައްޙަ މަޢުލޫމާތު ދަނީ ފޯރުކޮށްދެމުންނެވެ.
މީގެއިތުރުން ގަވާއިދުން ނެރޭ ނޫސްބަޔާންތަކާއި މީޑިއާ ބްރީފިންގތައް މެދުވެރިކޮށް، ވަގުތުން ވަގުތަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މާހިރުންގެ ޓީމަކުން ޓެސްޓިން އަދި ސާރވައިލެންސް ނިޒާމް ހަރުދަނާ ކުރުމަށް މޮނިޓަރކޮށް ކަމާގުޅުންހުރި ތަމްރީންދިނުމުގެ ހަރަކާތެއް ކުރިއަށް ގެންދިޔުން ވެސް ހިމެނެއެވެ.
ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނޫން ފަރާތްތަކުން ޚާއްސަ މަރުކަޒުތަކަށް ގޮސް ވެކްސިން ފުރިހަމަކުރުމަށް އެ އެޖެންސީން ވަނީ އިރުޝާދުދީފައެވެ.
ހިމަބިހި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވެފައިވާ އަދި ވެކްސިން ފުރިހަމަނުވާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ވެކްސިން ޖެހުމަށާއި، ހުން އައުމާއި ހަންގަނޑުގައި ރަތްކުލައިގެ ފިތްތަކެއް ނުވަތަ ބިހިތަކެއް ނުކުތުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.
މީގެއިތުރުން، ޝައްކުކުރެވޭ ހާލަތްތަކުގައި ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިކޮށް ތިބުމަށާއި، ސިއްހީ މަރުކަޒުތަކަށް ދާއިރު މާސްކު އެޅުމަށާއި، މީހުން ގިނަ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމަށްވެސް ވަނީ އިރުޝާދުދީފައެވެ. ސިއްހީ ކަންކަމުގައި އަބަދުވެސް ރަސްމީ ފަރާތްތަކުގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

.jpg?w=3840&q=75)
.jpg?w=3840&q=75)
.jpg?w=3840&q=75)


.jpeg?w=3840&q=75)
.jpg?w=3840&q=75)
.jpg?w=3840&q=75)
%20(1).jpg?w=3840&q=75)
%20(1).jpg?w=3840&q=75)
.jpg?w=3840&q=75)