

.jpg?w=3840&q=75)
%20(1).jpg?w=3840&q=75)



.jpg?w=3840&q=75)

-
ސިނަމާލެ 3 ގައި ހުންނަ ފިހާރަ ކުއްޔަށް ދޫކުރުމަށް ބޭނުންވާތީ، އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު މާލެ ސިޓީ ކައުންސިލުން ޢާންމުކޮށް ހުޅުވާލައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، ސިނަމާލެ 3 ގެ ފިހާރަ ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ޚާއްޞަ ބައްދަލުވުން އޮންނާނީ 30 އޮގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 11:00 ގައެވެ.
މި ބައްދަލުވުން ކުރިއަށްދާނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ މާލެ ސިޓީ ކައުންސިލްގެ މައި އިދާރާގައެވެ.
މި ބީލަމުގައި އަގު ހުށަހެޅުން (ބިޑް ހުށަހެޅުން) ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 7 ސެޕްޓެންބަރު 2026 ވާ ހޯމަ ދުވަހުގެ މެންދުރު 11:00 ގައެވެ. އަގު ހުށަހެޅުމުގެ މަރުޙަލާވެސް ކުރިއަށްދާނީ މާލެ ސިޓީ ކައުންސިލްގެ އިދާރާގައެވެ.
މި ބީލަމުގައި ބައިވެރިވެ އަގު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ދިވެހި ކުންފުނިތަކަށާއި، ޕާޓްނާޝިޕްތަކާއި، ލޯކަލް އިންވެސްޓްމަންޓްތަކުގެ އިތުރުން ރާއްޖޭގައި ޤާނޫނީ ގޮތުން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ އެންމެހައި ފަރާތްތަކަށެވެ.


.jpg?w=3840&q=75)
%20(1).jpg?w=3840&q=75)


.jpeg?w=3840&q=75)

