

.jpg?w=3840&q=75)
%20(1).jpg?w=3840&q=75)



.jpg?w=3840&q=75)

-
ކ. ތުލުސްދޫގައި ހުންނަ ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީގައި ކުރިއަށްދިޔަ "ކަމިންސް ކޭޓީއޭ 19 ސާވިސް ޓްރެއިނިންގ" ގެ 3 ވަނަ ބެޗް ކާމިޔާބުކަމާއެކު ނިންމާލައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރެވެ. މި ތަމްރީނުތައް ތުލުސްދޫގައި ކުރިއަށްދިޔަ މުއްދަތުގައި، މެނޭޖިންގ ޑިރެކްޓަރާއި ކުންފުނީގެ އިސްވެރިން ވަނީ އެކަޑަމީއަށް ޒިޔާރަތްކުރައްވައި، ތަމްރީނުތައް ކުރިއަށްދިޔަ ގޮތް ބައްލަވާލައްވައި ބައިވެރިންނާ ބައްދަލުކުރައްވާފައެވެ.
އަތޮޅުތެރޭގެ 11 އިންޖީނުގެއަކުން 11 މުވައްޒަފުން ބައިވެރިވި މި ޕްރޮގްރާމުގައި، މަސައްކަތުގެ މާހައުލުގައި ހިފަހައްޓަންޖެހޭ ފަންނީ އަދި ސުލޫކީ މިންގަނޑުތަކުގެ އިތުރުން މުހިންމު ޢަމަލީ ތަމްރީނުތަކެއް ވަނީ ދީފައެވެ. އެގޮތުން:
މި ތަމްރީނުގެ ސަބަބުން އަތޮޅުތެރޭގެ އިންޖީނުގެތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުވެ، އިންޖީނުތައް ރަނގަޅު ފެންވަރެއްގައި ބެލެހެއްޓުމަށާއި ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.


.jpg?w=3840&q=75)
%20(1).jpg?w=3840&q=75)




