

.jpg?w=3840&q=75)
%20(1).jpg?w=3840&q=75)



.jpg?w=3840&q=75)
.jpg?w=3840&q=75)
-
ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގައި 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޛު ޢަލީ ޝަފީޤް އަވަހާރަވުމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މަރްޙޫމް ޢަލީ ޝަފީޤް އަވަހާރަވުމުގެ ފުން ހިތާމައިގައި ބައިވެރިވެވަޑައިގެން، މަރްޙޫމްގެ ޢާއިލާއަށާއި ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި ޚިދުމަތްކުރައްވާ އެންމެހައި ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، އަލްއުސްތާޛު ޢަލީ ޝަފީޤަކީ ޝަރުޢީ ދާއިރާގައި 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވުމުގެ އިތުރުން، ދ. މީދޫގައްޔާއި ހުޅުމާލޭގައި ކީރިތި ޤުރުއާން އުނގަންނައިދެއްވުމުގެ މާތް މަސައްކަތް ދިގު މުއްދަތެއްގައި ކުރެއްވި ބޭފުޅެކެވެ. އަދި އެމަނިކުފާނަކީ ދީނަށް ލޯބިކުރައްވާ، ޚުލްޤު ހެޔޮ، އަދި މުޖުތަމަޢުގެ ބޮޑު ޤަދަރަކާއި އިޙްތިރާމެއް ލިބިވަޑައިގެން ހުންނެވި ނަމޫނާ ޤާރީއެއް އަދި އެދުރެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ މާތްﷲގެ ތަނަވަސް ރަޙްމަތްފުޅާއި ރުހިވޮޑިގަތުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޢަލީ ޝަފީޤް ލެހެއްޓެވުން އެދި ދުޢާ ދަންނަވަމުންނެވެ.
.jpg?w=3840&q=75)
%20(1).jpg?w=3840&q=75)

.jpg?w=3840&q=75)


.jpg?w=3840&q=75)
%20(1).jpg?w=3840&q=75)
