%20(2).jpeg?w=3840&q=75)







%20(2).jpeg?w=1920&q=75)
ހާލަންޑް އޭނާގެ ދިގު އިސްތަށިގަނޑު ކޮށާލުމަށްފަހު ފެންނަ ގޮތް
އިނގިރޭސި ޕްރިމިއަރ ލީގުގެ އައު ސީޒަނާ ކުރިމަތިލާއިރު، މެންޗެސްޓަރ ސިޓީގެ ހުނަރުވެރި ފޯވާޑް އާލިންގ ހާލަންޑް ވަނީ އޭނާގެ މަޝްހޫރު ދިގު އިސްތަށިގަނޑު ކޮށާލައި، މުޅިން އައު ލުކަކާއެކު ސަޕޯޓަރުންނަށް ފެނިލާފައެވެ.
ފާއިތުވި ސީޒަންތަކުގައި އަދި މިއަހަރުގެ ވޯލްޑް ކަޕްގައި ވެސް ހާލަންޑްގެ އެންމެ އަޅައިގަންނަ ކަމަކަށް އޭނާގެ އިސްތަށިގަނޑު ވަނީ ވެފައިއެވެ.
އަދި މެޗުތަކުގައި އިސްތަށިގަނޑު އައްސައިގެން ކުޅެން އަރާ މި ކުޅުންތެރިޔާ މިހާރު ފެންނަނީ އިސްތަށިގަނޑު ވަރަށް ކުރުކޮށް ކޮށާލައިގެން ހުއްޓައެވެ.
ހާލަންޑްގެ މި އައު ސްޓައިލް ސޯޝަލް މީޑިއާގައި އާންމުވުމާއެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ މިކަމަށް ހުއްޓިފައެވެ.
ބައެއް ސަޕޯޓަރުން ބުނާގޮތުގައި މިއީ އައު ސީޒަނަށް އޭނާ ގެނައި "ފްރެޝް" ބަދަލެކެވެ. އަދި މިއާއެކު އޭނާގެ ކުޅުމަށްވެސް އިތުރު ވަރުގަދަކަމެއް ލިބިގެންދާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާކުރެއެވެ.
މެންޗެސްޓަރ ސިޓީއަށް ބަދަލުވި ފަހުން ޕްރިމިއަރ ލީގުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ހާލަންޑް، މި އައު ލުކާއެކުވެސް ދަނޑުމަތީގައި ތަފާތު ދައްކާނެކަމަށް ސަޕޯޓަރުން އަންނަނީ އުންމީދު ކުރަމުންނެވެ.
އޭނާއަކީ ފާއިތުވި ސީޒަންތަކުގައި ސިޓީއަށް ގިނަ ލަނޑުތަކެއް ކާމިޔާބުކޮށްދީފައިވާ މުހިންމު ކުޅުންތެރިއެކެވެ.
%20(2).jpeg?w=3840&q=75)




%20(2).jpeg?w=3840&q=75)


