
ކޮވެންޓްރީ ކޮޅަށް ލަނޑުޖެހުމަށްފަހު އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް އުފާފާޅުކުރަނީ...
އިނގިރޭސި ޕްރެމިއާ ލީގުގެ ކުޅުން މިރޭ ފެށިއިރު، ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އާސެނަލް އިން ކޮވެންޓްރީ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އާސެނަލް އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ 15 ވަނަ މިނެޓުގައި ކައިހާވްޓްޒް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑު ހޯދައިދީފައެވެ. މިއީ އެޓީމުގެ ޑިފެންޑަރު ރިކާޑޯ ކަލިފިއޮރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
އާސެނަލް އިން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި ބަކަޔޯ ސަކާ ކާމިޔާބުކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ އާސެނަލް އިންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 49 ވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މާޓިން އޮޑެގާޑް އެވެ.
މީގެ އިތުރުން ވެސް މިހާފުގައި އާސެނަލް އިން ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، 25 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޕްރެމިއާ ލީގުން މިސީޒަނުގައި ޖާގަ ހޯދި ކޮވެންޓްރީ އިން މެޗުގެ ފަހު 30 މިނެޓުގައި އާސެނަލްގެ އެޓޭކުތައް ހުއްޓުވުމުގައި ރޭވުންތެރިކަމާއެކު ރަނގަޅު ޑިފެންސިވް ކުޅުމެއް ދައްކަދީފައެވެ.



.jpeg?w=3840&q=75)




.jpeg?w=3840&q=75)







