%20(2).jpeg?w=3840&q=75)








ޝެއިޚް އަބޫ ތައިމިއްޔާގެ ބޮޑު ދަރުހެއް އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ބާއްވަން ނިންމައިފިއެވެ.
މިއީ މަހަލްދީބު ފައުންޑޭޝަނުގެ "Enlighten Program" ގެ ދަށުން ދިވެހިރާއްޖެއަށް އުސްތާޛް އަބޫ ތައިމިއްޔާ ކުރައްވާ ދަތުރުގެ ތެރެއިން ކުރިއަށްގެންދާ ހަރަކާތެކެވެ.
އެގޮތުން މިރޭ އައްޑޫ ސިޓީގައި އަދި މާދަމާރޭ، ފުވައްމުލައް ސިޓީގައި ޝެއިހުގެ ބޮޑު ދަރުހެއް ކުރިއަށް ގެންދާއިރު، އައްޑޫ ސިޓީގައި ކުރިއަށްދާނީ އެ ސިޓީ ކައުންސިލާއި، އަލްބަލަދު ޖަމިއްޔާ، މިޝްކާރު ފައުންޑޭޝަން އަދި ނޫރުލްއިސްލާމު ޖަމިއްޔާއާ ގުޅިގެން "Soundness of the Heart" ގެ ނަމުގައެވެ. މި ދަރުސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިރޭ 20:15 ގައި އައްޑޫ ހައި ސްކޫލުގައެވެ.
ހަމައެއާއެކު، މާދަމާ ރޭ ފުވައްމުލަކު ސިޓީގައި އެ ސިޓީ ކައުންސިލާއި ގުޅިގެން "How the Prophet Built Madinah" ގެ ނަމުގައި ދަރުހެއް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ދަރުސް ކުރިޔަށް ދާނީ މާދަމާ ރޭ 20:30 ގައި ޏ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގައެވެ.
މި ދެ ދަރުހުގެ އިތުރުން، އައްޑޫ ސިޓީގައި ރޭގެ ވަގުތެއްގައި ވަނީ ޒުވާނުންނަށް ޙާއްސަކޮށް “Dopamine Algorithm” ގެ ނަމުގައި ސެޝަނެއް ކުރިއަށް ގެންދެވިފައެވެ. މީގެއިތުރުން، މާދަމާ، ފުވައްމުލައް ސިޓީގައި ފުވައްމުލައް ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ގުޅިގެން “Women and Sacred Solitude” ގެ ނަމުގައި އަންހެނުންނަށް ޙާއްސަ ސެޝަނެއް އަދި “Muslim Youth Identity Crisis”ގެ ނަމުގައި އޭ.އަ.ޖީ ގްރޭންޑްގައި 16:00 ގައި ޒުވާނުންނަށް ޙާއްސަ ސެޝަނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމުތަކުގައި ބައިވެރިވުމުގެ ފުރުޞަތު އެންމެހާ ފަރާތްތަކަށްވެސް ވަނީ ހުޅުވާލެވިފައެވެ.
ޝެއިހު ރާއްޖެއަށް ކުރައްވާ ދަތުރުގެ ތެރެއިން މާލޭގައި ޔުނިވަރސިޓީ ދަރިވަރުންނާއި ޒުވާނުންނަށް އަދި އަންހެނުންނަށް ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދެވިފައިވެއެވެ. އަދި މާލޭގައިވެސް ބޮޑު ދަރުހެއް ވަނީ ކުރިއަށް ގެންދެވިފައެވެ.
ޝެއިޚް އަބޫ ތައިމިއްޔާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދީނީ ދަރުސްތައް ދެއްވަމުން ގެންދަވާ، ދިވެހިންގެ މެދުގައިވެސް މަޤުބޫލު އިލްމުވެރިއެކެވެ. އަދި ޝެއިހަކީ ތައިމިއްޔާ އިންސްޓިޓިއުޓުގެ ނަމުގައި އިންސްޓިޓިއުޓެއް ކުރިއަށް ގެންދަވާ ބޭފުޅެއްވެސް މެއެވެ.
%20(2).jpeg?w=3840&q=75)







