
ވިލާ ކޮލެޖް
ވިލާ ކޮލެޖްގެ ސެޕްޓެންބަރު މަހުގެ އިންޓޭކަށް ކުރިމަތިލާން ހުޅުވާލި ފުރުސަތު އިތުރުކޮށްފި އެވެ.
ސެޓްފިކެޓް ލެވެލް 4 އިން ފެށިގެން މާސްޓާސް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފައިވަނީ މި އަންނަ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަަށެވެ.
100 އަށްވުރެ ގިނަ ޕްރޮގްރާމަކަށް ކުރިމަތިލުމަށް ހުޅުވާލިއިރު، މި އިންޓޭކްގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓާ ސައިންސް، ސައިބާ ސެކިއުރިޓީ، ޑާޓާ ސައިންސް، ސޮފްޓްވެއާ އިންޖިނިއަރިން، ލޯ، ޝަރީއާ، އިސްލާމިކް ފައިނޭންސް، އޯލްޓަނޭޓް ޑިސްޕިއުޓް ރިޒްލިއުޝަން، ކޯޕަރޭޓް ގަވަނަންސް، ޕޮލިޓިކަލް ސައިންސް، އިންޓަނޭޝަނަލް ރިލޭޝަންސް ޕްރޮގްރާމް ހިމެނެ އެވެ. އަދި މީގެއިތުރުން ޓީޗިންގެ ޕްރޮގްރާމުތަކާއި، ބިޒްނަސްއާ ގުޅުން ހުރި ދާއިރާތަކާއި، ނާސިން އާއި ޕަބްލިކް ހެލްތާއި ހެލްތު ސާވިސަސް މެނޭޖްމެންޓް ފަދަ ކޯސްތައް ހިމެނެ އެވެ.
މީގެއިތުރުން ބައިނަލްއަގްވާމީ ޑިގްރީތައް ހާސިލްކުރުމުގެ ފުރުސަތުވެސް ވިލާ ކޮލެޖްގައި ފަހިވެފައިވެ އެވެ. އެގޮތުން އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑް، ޕޯޓްސްމޯތު ޔުނިވަސިޓީ، މެލޭޝިއާގެ ޓޭލަސް ޔުނިވާސިޓީ އަދި ޔުނިވަސިޓީ އޮފް ސައިބަޖާޔާގެ ޕްރޮގްރާމްތައް ވިލާ ކޮލެޖުގައި ކުރިއަށް ގެންދެ އެވެ.
ވިލާ ކޮލެޖުން ބުނި ގޮތުގައި ޕޯޓްސްމޯތު ޔުނިވަސިޓީއާއި ގުޅިގެން ހިންގާ އިންޖީނިއަރިން ޕްރޮގްރާމްތައް ކިޔަވާ ދަރިވަރުންނަށް، ޑިގްރީގެ ފަހު އަހަރުތައް އެ ޔުނިވާސިޓީގައި ފުރިހަމަކުރުމުގެ ފުރުސަތުވެސް ލިބޭނެ އެވެ.
ކޮލެޖްގެ ކިޔެވުން ބައްޓަންކޮށްފައިވަނީ ދަރިވަރުންނަކީ މަސައްކަތުގެ މާހައުލަށް ތައްޔާރުވެފައިވާ ކުދިންތަކަކަށް ހެދުންކަން ކޮލެޖުން ފާހަގަކުރާއިރު، އެކަން ހާސިލްކުރުމަށްޓަކައި ކޮންމެ ޕްރޮގްރާމެއްގައިވެސް ސިމިއުލޭޝަންތަކާއި، އިންޓާންޝިޕް، އެކްސްޓާންޝިޕް އަދި އިންޑަސްޓްރީއާ ގުޅިގެން ހިންގޭ ޕާޓްނާޝިޕްތަކުގެ ދަށުން އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސުތު ފަހިކޮށްދޭ ކަމަށް އެ ކޮލެޖުން ބުންޏެވެ.
ކިޔެވުމުގެ އިތުރުން ކިޔެވުމާ ގުޅުންހުރި ލާނިންގް ސަޕޯޓާއި އެހެނިހެން ވަސީލަތްތައް އެ ފުުރުސަތު ބޭނުންވާ ހުރިހާ ދަރިވަރުންނަށް ގްރޫޕްކޮށް އަދި ވަކިވަކި ދެމުންދާއިރު، ޕިޔަ އެސިސްޓެޑް ލާނިން އާއި ވީ ކެއާ ކައުންސެލިން އެންޑް ސައިކޯތެރަޕީ ސެންޓަ މެދުވެރިކޮށް، ނަފްސާނީ އެހީތެރިކަން ފޯރުކޮށްދެ އެވެ.












