






.jpg?w=3840&q=75)

--
ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.
އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.
1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީއިން ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ 13 ވަނަ ރެސިޕީއެއްގެ ގޮތުގައި މި ގެނެސްމިދެނީ ކާށި ކްރީމް ކޭކްއެވެ.
އަވަން 350 ޑިގްރީއަށް ޕްރީހީޓްކޮށްލާށެވެ.
ކޭކްމިކްސް ތެރެއަށް ބިސް, ފެން އަދި ހުނި އަޅާފައި ގިރާލާށެވެ. ދެން ޓްރޭއަށް އަޅާފައި 25-20 ވަންދެން ފިހެލާށެވެ.
ހިހޫވުމުން އުލުން ކޭކްގައި ލޯވަޅު އަޅާލާށެވެ.
ވަކި ތައްޓެއްގައި ގެރިކިރާ ކާށިކިރު އެއްކޮށްލާށެވެ. އަދި ކިރު މިކްސްޗާގެ ދެބައިކުޅަ އެއްބައި ކޭކުގެ މައްޗަށް ފަތުރާލުމަށްފަހު 3 ވަރަކަށް މިނިޓް މަޑުކޮށްލާށެވެ. އަދި ބާކީ ހުރި ކިރު މިކްސްޗަރުން ފަތުރާލާށެވެ. އަދި 1 ގަޑިއިރު ވަންދެން ފިނިކޮށްލާށެވެ.
އެއަށްފަހު ވިޕް ކްރީމް މަތީގައި ފަތުރާލާފައި ހުނިކޮޅު ސްޕްރިންކްލްކޮށްލާށެެވެ. އަދި 4 ގަޑިއިރު ވަންދެން، ފިނިކޮށްލާށެވެ.
މިހާރު މިހިރީ ކާށި ކްރީމް ކޭކް ތައްޔާރުކޮށް ނިމިފައިއެވެެ.




