








-
ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.
އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.
1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީތަކެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ހަތާވިސް ވަނަ ރެސިޕީއެއްގެ ގޮތުގައި މިގެނެސްމިދެނީ ބެރީ ސްމޫތީ އެވެ.
ތައްޔާރުކުރާނެ ގޮތް:
ބްލެންޑަރަކަށް ދޮންކެޔޮ، ކިރު، ބްލެކްބެރީ، ރާސްބެރީ، ސްޓްރޯބެރީ އަދި ޔޯގަޓް އަޅާފައި ގިރާލާށެވެ. ދެން ބިއްލޫރިތައްޓަކަށް އަޅާފައި ބެރީ ބޭނުންކޮށްގެން ގާރނިޝްކޮށްލާށެވެ.
މިހާރު މިހިރީ މި ސްމޫތީ ތައްޔާރުކޮށް ނިމިފައިއެވެ. މިއީ ރޯދަ ވީއްލާގަޑިއަށް ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ސިއްހަތަށްވެސް އެހާމެ ރަނގަޅު ބުއިމެކެވެ.