








-
ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.
އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.
1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީތަކެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ނަވާވީސް ވަނަ ރެސިޕީއެއްގެ ގޮތުގައި މިގެނެސްމިދެނީ ސްވީޓް ޕޮޓޭޓޯ ކެސެރޯލް އެވެ.
އެންމެ ފުރަތަމަ ތެއްޔަކަށް ލޮނާއި ފެން އަޅާފައި އެއަށް ސްވީޓް ޕޮޓޭޓޯ އަޅާށެވެ. ސްވީޓް ޕޮޓޭޓޯ ރަނގަޅަށް މަޑުވަންދެން ކައްކާލާށެވެ. އެއަށްފަހު ފެނުން ނަގާފައި މޭޝްކޮށްލާށެވެ. ދެން ފިލިން ހެދުމަށްޓަކައި އެންމެ ފުރަތަމަ އަވަން ޕްރީހީޓް ކޮށްލާށެވެ. އެއަށްފަހު ބޮޑު ތައްޓެއްގައި ބަޓަރާއި މޭޝްކޮށްފައި ހުރި ސްވީޓް ޕޮޓޭޓޯ، ކިރު، ބްރައުން ޝުގަރ، ވެނީލާ، ލޮނު އަދި ބިސް އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން ޓްރޭއަކަށް އަޅާލާށެވެ.
ދެން ޓޮޕިންގ ތައްޔާރުކުރުމަށްޓަކައި ތައްޓެއްގައި ފުށް، ބްރައުން ޝުގަރ، ބަޓަރު އަދި ލޮނު އެއްކޮށްލާށެވެ. އެއަށްފަހު ޕީކަންސް އަޅާލާށެވެ. ދެން ޓްރޭ މައްޗަށް ޓޮޕިންގ އެއްވަރަކަށް އަޅާލާށެވެ. 25 ނުވަތަ 30 މިނިޓް ވަންދެން ފިހެލާށެވެ.
މިހާރު މިހިރީ މި ރެސިޕީ ތައްޔާރުކޮށް ނިމިފައިއެވެ. މިއީވެސް މަދު ތަކެތި ބޭނުންކޮށްގެން ފަސޭހައިން ތައްޔާރުކޮށްލެވޭނެ ރެސިޕީއެކެވެ.