


.jpg?w=3840&q=75)





ރ. އަތޮޅު ވާދޫގެ ތާރީޚާއި، ޘަޤާފަތާއި އަދި އާދަކާދަތަކުގެ މައްޗަށް އެ ރަށަށް އުފަން ޒުވާން ލިޔުންތެރިޔާ ޒިދާން މުޙައްމަދު ރިޔާޟް ލިޔުއްވާފައިވާ "ވާވެރިންގެ ވާދޫ" ފޮތަށް ބޮޑު ތަރުޙީބެއް ލިބި، އޭގެ ފުރަތަމަ 100 ފޮތް ވިކިއްޖެއެވެ.
މި ފޮތަކީ ވާދޫގައި މީހުން ވަޒަންވެރިވި ގޮތާއި، ދިރިއުޅުމަށްޓަކައި އެ ރަށުގެ ރައްޔިތުން ކުރި މަސައްކަތްތަކުގެ އިތުރުން، ރަށުގެ ޚާއްޞަ އާދަކާދަތަކާއި، ދިރިއުޅުމުގެ ވައްޓަފާޅި އަދި ކެއިންބުއިމުގެ ތަފާތު ގޮތްތަކުގެ މައްޗަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ އަގުހުރި ދިރާސީ ފޮތެކެވެ.
މިއީ ރާއްޖޭގެ ތާރީޚާއި ޘަޤާފަތް ދިރާސާކުރާ ފަރާތްތަކަށާއި ތަޢުލީމީ ދާއިރާއަށް ވެސް ވަރަށް ބޭނުންތެރި މަޢުލޫމާތުތަކެއް އެކުލެވިގެންވާ ފޮތެކެވެ.ފޮތް ނެރުނުތާ ކުރު މުއްދަތެއްގެ ތެރޭގައި ފުރަތަމަ 100 ފޮތް ވިކިފައިވާއިރު، މި ފޮތަށް ކިޔުންތެރިންގެ ފަރާތުން އަންނަނީ ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންނެވެ.
"ވާވެރިންގެ ވާދޫ" މި ފޮތް ބައްލަވައިގަންނަން ބޭނުންފުޅުވާ ފަރާތްތަކަށް 9877233 އަށް ވައިބަރ މެދުވެރިކޮށް މެސެޖުކޮށްގެން ފޮތަށް އޯޑަރު ކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.



.jpg?w=3840&q=75)
