








-
ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.
އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.
1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީތަކެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ތިރީސްވަނަ އަދި ފަހު ރެސިޕީއެއްގެ ގޮތުގައި މިގެނެސްމިދެނީ ކްރޭންބެރީ އޮރެންޖް ސްކޯންސް އެވެ.
އެންމެ ފުރަތަމަ އަވަން ޕްރީހީޓް ކޮށްލާށެވެ. ދެން ތައްޓަކަށް 4 ތަށި ފުށް، 1/4 ޖޯޑު ހަކުރު، ބޭކިން ޕައުޑާ، ލޮނު އަދި އޮރެންޖް ޒެސްޓް އިލެކްޓްރިކް މިކްސަރެއް ބޭނުންކޮށްގެން އެއްކޮށްލާށެވެ. އަދި އެއަށް ބަޓަރު އެޅުމަށްފަހު މަޑު ސްޕީޑުގައި އެއްކޮށްލާށެވެ. ދެން ބިސް އަދި ހެވީ ކްރީމް އެއްކޮށްލުމަށްފަހު އަނެއްކާވެސް މަޑު ސްޕީޑެއްގައި ފުށް އަދި ބަޓަރު މިކްސްޗާ ތެރެއަށް އަޅާށެވެ.
އެހާ ގަދައަށް މިކްސް ނުކޮށް ކުޑަކޮށް ލަޕްސް ހުންނަ ވަރަށް ބަހައްޓާށެވެ.
އެއަށްފަހު ކްރޭންބެރީ އަދި 1/4 ޖޯޑު ފުށް އަޅާފައި އެއްކޮށްލުމަށްފަހު ފުށްގަނޑު ތެރެއަށް އަޅާލާށެވެ. ރަނގަޅަށް އަތުން ފުށްގަނޑު މޮޑެލާފައި ދަމާލާށެވެ. ދެން ކުކީ ކަޓަރ އެއް ނުވަތަ ތައްޓެއް ބޭނުންކޮށްގެން ވައްކޮށް ބޮޅު ކަފާލާށެވެ. ދެން ސްކޯންތައް ޓްރޭގައި އަތުރާލާށެވެ. ސްކޯންތަކުގެ މަތީގައި ބިސް ބްރަޝް ކޮށްފައި، ހަކުރު ސްޕްރިންކްލްކޮށްފައި 20-25 މިނިޓް ވަންދެން ފިހެލާށެވެ.
ފިހެވުމުން ހިހޫ ކުރަން ބަހައްޓާފައި އައިސިންގ ޝުގަރ އަދި އޮރެންޖް ޖޫސް އެއްކޮށްލުމަށް ފަހު ސްކޯންތަކުގެ މައްޗަށް ބުރުވާލާށެވެ.
މިހާރު މިހިރީ ކްރޭންބެރީ އޮރެންޖް ސްކޯންސް ތައްޔާރުކޮށް ނިމިފައިއެވެ. މިއީ ރޯދަ ވީއްލާ ގަޑިއަށް ފޮނިއެއްޗަކަށް ތައްޔާރުކޮށްލަން ވަރަށް މީރުވާނެ ރެސިޕީއެކެވެ.