
560b962b-1182-4a32-a807-44e5be5de0c2-600x400-1
ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމުން ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި ކަމަށްބުނާ މައްސަލާގައި ދައުވާ ނުކުރަން ކުރިން ނިންމި ނިންމުން ބަދަލު ނުކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގައިފިއެވެ.
ވެންޓިލޭޓަރު ގަތުމަށް އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް އޭސީސީ އިން އެ މައްސަލަ ޕީޖީ އަށް ފޮނުވުމުން ޕީޖީން ނިންމީ އެކަމުގައި ދައުވާ ކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ. ނަމަވެސް އޭސީސީން ވަނީ އެ ނިންމުން މުރާޖައާ ކުރުމަށް ޕީޖީގައި އެދިފަ އެވެ. އަލުން މައްސަލަ މުރާޖާ ކުރުމަށް ފަހުވެސް މިއަދު ޕީޖީ ޝަމީމްގެ ނިންމުން ބަދަލެއް ނުކުރެއްވިއެވެ. އާއްމުންގެ ކަންބޮޑުވުން ވެސް އިންތިހާއަށް އޮތް ބޮޑު މައްސަލައިގައި ޝަމީމް މިއަދު އޭސީސީ އަށް އަންގަވާފައި ވަނީ ވެންޓިލޭޓަރުގެ މައްސަލާގައި އެއްވެސް ބަޔަކަށް ދައުވާ ނުކުރަން މީގެ ކުރިން ނިންމި ނިންމުން ބަދަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ވެންޓިލޭޓަރު ގަތުމަށް ސަރުކާރުން ހަވާލުކުރީ ޔޫއޭއީގެ އެގްޒެކިއުޓާސްް ޖެނެރަލް ޓްރޭޑިން ކުންފުންޏާއެވެ.
















