



.jpg?w=3840&q=75)




-
މެލޭޝިޔާގެ ބޮޑުވަޒިރު އަންވަރު އިބްރާހިމް ދެދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި އެވެ.
އަންވަރު ރާއްޖެ ވަޑައިގެންނެވީ އިންޑިއާއަށް އެމަނިކުފާނު ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ދައުވަތަކަށެވެ.
އިންޑިއާގެ ކެލްކަޓުން އަންވަރު ރާއްޖެ ދަތުރުކުރެއްވި މަތިންދާބޯޓު ދާދި ދެންމެ އަކު ވަނީ ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައެވެ.
އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އެވެ. އަރިހުގައި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ބޮޑުވަޒީރު އަންވަރު އަށް ދިވެހި ދައުލަތުގެ ފަރާތުން ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މާދަމާ ހެނދުނު މާލޭގެ ޖުމްހޫރީ މައިދާނުގަ އެވެ.
އިތުރު ތަފްސީލް އަންނަނީ ..




.jpg?w=3840&q=75)