


.jpg?w=3840&q=75)





ރ. ފުއްގިރި ދިރާގު ޓަވަރުގައި މަސައްކަތެއް ކުރަނިކޮށް 70 ފޫޓު މަތިން ބިދޭސީއަކު ވެއްޓިއްޖެއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ. ހާދިސާގައި އަނިޔާވި ބިދޭސީ މީހައަށް ފަރުވާ ދިނުމަށް ވަގުތުން ވަނީ ރ. އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ފުއްގިރީގައި ހުރި އެންޓެނާއަކަށް އަރައިގެން އުޅެނިކޮށް މިއަދު ވެށްޓުނީ އިންޑިއާ މީހެކެވެ. އެ މީހާގެ މައިބަދައިގެ އިތުރުން އުނަގަނޑުގެ ކަށިގަނޑު ވަނީ ބިނދިފައެވެ. އޭނާއަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ރ. ފުއްގިރި އަކީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (MMPRC) ގެ ޚިޔާނާތުގެ ތެރެއިން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުވާ އުފުލާފައިވާ މައްސަލައާ ގުޅުންހުރި ފަޅުރަށެކެވެ.
ޖިއޮގްރަފީ: ފުއްގިރިއަކީ ރާއްޖޭގެ އުތުރުން ރާ އަތޮޅުގައި (މާޅޮސްމަޑުލު އުތުރުބުރީގައި) އޮންނަ، ގާތްގަނޑަކަށް 7.40 ހެކްޓަރުގެ ބޮޑުމިން ހުންނަ ފަޅުރަށެކެވެ. މި ރަށް ކަނޑައަޅާފައިވަނީ ޓޫރިސްޓް ރިސޯޓެއް ތަރައްޤީކުރުމަށެވެ.



.jpg?w=3840&q=75)
