




.jpg?w=3840&q=75)



-
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރިޔަށްގެންދާ ރަސްމީ މަސައްކަތްތައް އޮންނާނީ މާދަމާ ހެނދުނު އެވެ.
އަންވަރު ރާއްޖެ ވަޑައިގެންނެވީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މިރޭ ރާއްޖެ ގަޑިން 08:10 ހާއިރު އެވެ. އެގޮތުން އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސް މުއިއްޒު އާއި ކެބިނެޓުގެ ބައެއް ވަޒީރުންނެވެ.
ބޮޑުވަޒީރު އަންވަރުގެ ދަތުރުފުޅުގެ ރަސްމީ މަސައްކަތްތައް މާދަމާ ހެނދުނު ފެށުމަށް ހަމަޖެހިފައިވަނީ މާލޭގެ ޖުމްހޫރީ މައިދާނުގައި ބާއްވާ މަރުހަބާ ކިޔުމުގެ ހަރަކާތުންނެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއެކު، ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. އަދި ދެ ޤައުމުގެ އިސްވެރިންގެ ހާޒިރުގައި ބައެއް ފަހުމުނާމާ (އެމް.އޯ.ޔޫ) ތަކުގައި ސޮއިކުރައްވާ، މިކަމުގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ހަމަޖެހިފައިވާއިރު، ދެ ޤައުމުގެ ލީޑަރުންގެ މެދުގައި ކުރިއަށްގެންދެވި މަޝްވަރާތަކުގެ ނަތީޖާއާ ގުޅޭގޮތުން ދެބޭފުޅުންވެސް ނޫސްވެރިންނަށް ބަޔާނެއް ދެއްވާނެއެވެ.
މިއީ ނޮވެމްބަރު 2022 ގައި މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، މެލޭޝިޔާގެ ބޮޑުވަޒީރު ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.




