


.jpg?w=3840&q=75)




އޭޝިއަން ހޭންޑްބޯޅަ ފެޑަރޭޝަންގެ ސެކްރެޓަރީ ޖެނެރަލް މުޙަންމަދު ޝަފީޤް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ މެންބަރުންނާއިއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން...
ހޭންޑްބޯޅަ މޯލްޑިވްސް ރައީސްގެ ދައުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އޭޝިއަން ހޭންޑްބޯޅަ ފެޑަރޭޝަންގެ ސެކްރެޓަރީ ޖެނެރަލް މުޙަންމަދު ޝަފީޤް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ މެންބަރުންނާއި ބައްދަލުކުރައްވައޮފިއެވެ.
ހޭންބޯޅަ މޯލްޑިވްސްގެ އިސްވެރިންނާއެކު އެމްއޯސީ އޮފީހުގައި މިއަދު ބޭއްވި މިބައްދަލުކުރެއްވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައިވަނީ މިއަހަރު ތެރޭގައި ރާއްޖޭގައި އިންޓަނޭޝަނަލް ބީޗް ހޭންޑްބޯޅަ މުބާރާތެއް ބޭއްވުމާއި ބެހޭގޮތުންނެވެ.
ގާފު ސްޕޯޓްސްއަށް މައުލޫމާތު ދެއްވަމުން ހޭންޑްބޯޅަ މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ މިބައްދަލުވުމުގައި އެމްއޯސީގެ ފަރާތުން ވަނީ މިމަސައްކަތުގައި އެއިދާރާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ހާމަކުރުމުގެ އިތުރުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޭންޑްބޯޅަ މޯލްޑިވްސް އިން ހޯދަމުން އަންނަ ކުރިއެރުން ފާހަގަކޮށްފައެވެ.
މީގެ އިތުރުން މިފަދަ މުބާރާތެއްގެ ސަބަބުން ދިވެހި ކުޅުންތެރިންނަށް އަމިއްލަ ފަސްގަނޑުގައި ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރުމުގެ ފުރުސަތު ލިބުމުގެ އިތުރުން މިފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވުމުގެ ސަބަބުން އޭގެ ހެޔޮ އަސަރު ރާއްޖެގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރާނެއެވެ. އަދި މީގެ އިތުރުން ސްޕޯޓްސް ޓޫރިޒަމަށް ހުޅުވިގެންދާނެ ދޮރަކަށް މިމުބާރާތް ވެގެންދާނެއެވެ.



.jpg?w=3840&q=75)