








Yellow Alert
ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރީދޫ ސަމާލު ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހއ. އަތޮޅުން ފެށިގެން ކ. އަތޮޅަށް، ރީނދޫ ސަމާލުގެ މުއްދަތު ނެރެފައިވަނީ، ފަތިހު 5:30 އިން ފެށިގެން ހެދުނު 9:00 އާ ހަމައަށެވެ.
މިމުއްދަތުގެ ތެރޭގައި އެސަރަހައްދަށް ގަޑިއަކު 28 މޭލާއި 35 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.




