
Majlis
އައްޝައިޚް އުޘްމާން އަބްދުﷲ އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުކޫތެއް ގެނެސްފިއެވެ.
އައްޝައިޚް އުޘްމާން އަބްދުﷲ އަކީ ރައްޔިތުންގެ މަޖިލީހުގެ ށ. އަތޮޅުގެ މެންބަރުކަމާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. ޝެއިޚް އުޘްމާން އަވަހާރަވީ އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އައްޝައިޚް އުޘްމާން އަބްދުﷲ އަވަހާރަވުމާ ގުޅިގެން ވަނީ ސުކޫތެއް ގެނެސްފައެވެ.
ޝެއިހް އުސްމާން އަބްދުﷲ އަކީ ގިނަ ބައެއްގެ ތެރޭގައި މަގްބޫލު ދީނީ އިލްމުވެރިއެކެވެ. ދީނީ ފޮތްތައް ތަރުޖަމާ ކުރެއްވުމާއި، ދީނީ ދަރުސްތައް ދެއްވުމުގައި އެ މަނިކުފާނަކީ މަގްބޫލު ބޭފުޅެކެވެ.
ޝައިހް އުސްމާން ކުއްލިއްޔާ އުސޫލުއްދީން ވައްދައުވާއިން މަތީ ތައުލީމު ހާސިލު ކުރެއްވުމަށްފަހު، ރާއްޖެ ވަޑައިގެން ފުރަތަމަ ކުރެއްވީ، ދީނީ ރޮނގުން ނަސޭހަތް ދެއްވުމަށް އެކި ރަށްރަށަށް ވަޑައިގަތުމުގެ މަސައްކަތްޕުޅެވެ.
އޭގެފަހުން ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދުވަސްވަރު މަޝްހޫރު ތޮއިބާ ސްކޫލް އުފައްދަވައި އެތަން އުވާލަންދެން އެތަނުގައި ކިޔަވައިދެއްވަމުން ގެންދެވި އެވެ.
ޝައިހް އުސްމާން ވަނީ އޭނާގެ އުފަން ރަށް ށ. މަރޮށީގައި އޭނާގެ އާއިލީ ސްކޫލެއް ކަމުގައިވާ މަދްރަސަތުލް މުނައްވަރާގެ ކަންކަން އަމަލީގޮތުން ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތުވެސް އުފުއްލަވައިފަ އެވެ.
އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ވަރަށް ގިނަ ރަށްރަށަށް ޝައިހް ވަނީ ޒިޔާރަތް ކުރައްވައި، ދީނީ ގޮތުން މީހުން ހޭލުންތެރި ކުރުވުމުގެ ތަފާތު ޕްރޮގްރާމްތައް ވެސް ހިންގަވައިފަ އެވެ.

.jpg?w=3840&q=75)
.jpeg?w=3840&q=75)


.jpg?w=3840&q=75)
.jpeg?w=3840&q=75)



