
049-eva
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
މަޖިލީހުގެ ނައިބު ރައީސް އިވާގެ އިތުބާރުނެތް ކަމުގެ މައްސަލަ ވާއްދާފައިވަނީ، އެމްޑީޕީން ވަކިވެ "ދަ ޑިމޮކްރެޓްސް" ނަމުގައި ސިޔސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށުމާއެކުގައެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށް އީވާގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ 50 މެމްބަރުންގެ ސޮޔާއެކުގައެވެ. މަޖިލީހުގެ ޤަވާއިދު ބަޔާންކުރާގޮތުގައި މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސް މަޤާމުން ވަކިކުރެވޭނީ، މަޖިލީހުގެ އެ ޖަލްސާއެއްގައި ހާޒިޒުވެ، ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެމްބަރުންގެ ވޯޓާއެކުގައެވެ.
މާދަމާގެ ޖަލްސާއަށް އީވާގެ މައްސަލަ އެޖެންޑާ ކޮށްފައިވަނީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ދަށުން އީވާއަށް ދިން 14 ދުވަހުގެ ނޯޓިސް މިއަދަށް ހަމަވުމާއި ގުޅިގެންނެވެ. މި މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކުރި ނަމަވެސް ކޮމެޓީގެ މަސައްކަތް ކުރިއަށް ގެންގޮސްފައިނުވާތީ މި މައްސަލައަށް ބަހުސްކުރާނެ ވަގުތެއް ކަނޑައަޅާފައެއް ނުވެއެވެ.
ނައިބުރައީސް ގެ އިތުބާރު ނެތްކަމުގެ މައްސަލާގައި، މަޖިލީހުގެ ރައީސް ރިޔާސަތު ބަލަހައްޓަން ޖެހޭއިރު، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއްވެސް މަޖިލީހަށް ވައްދާފައިވާތީ، ގާނޫނާ ފުށުއަރާކަމަށްބުނެ ރައީސް ނަޝީދު ވަނީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެވަޑައިގެންފައެވެ.

.jpg?w=3840&q=75)
.jpeg?w=3840&q=75)


.jpg?w=3840&q=75)
.jpeg?w=3840&q=75)



