
hulhumale
ހުޅުމާލެ ފެވަނަ ފިޔަވަހީގެ ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމަށް އާބަންކޯ އިން އަންގައިފި އެވެ.
އާބަންކޯ އިން ބުނީ، އެކުންފުނިން ހުޅުމާލެ ފަޅުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓަކަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތަކާއި އަޑިއަށް ގޮސްފައިވާ އުޅަނދުތައް އެ ސަރަހައްދުން ނެގުމަށް ބޭނުންވާ ކަމަށެވެ.
އާބަންކޯއިން ވަނީ ހުސްކުރަން ބެނުންވާ ސަރަހައްދު ފާހަގަކޮށް، ހުޅުމާލެ ފަޅު ބޭނުންކުރުމުގައި ފާހަގަކޮށްފައިވާ ސަރަހައްދުގެ މަސައްކަތައް ބުރޫނާރާނެ ފަދަގޮތަކަށް ބޭނުން ކުރުމަށް އިލްތިމާސްކޮށްފައެވެ.
ދެވަނަ ފިޔަވަހީގައި ހުރި އުޅަނދުތަކުގެ ވެރިފަރާތްތަކުން އާރބަންކޯގެ ހޮޓްލައިނަށް ގުޅުއްވައިގެން އިތުރު މައުލޫމާތު ސާފުކުރުމަށްފަހު މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ދިހަ ދުވަހުގެ މުއްދަތުގެ ތެރޭގައި އެ އުޅަނދެއްގެ ވެރިފަރާތަކުން އެ ސަރަހައްދުން އުޅަނދު ނެނގުމަށް އެ ކުންފުނިން ވަނީ އަންގަވާފައެވެ.
މި މުއްދަތު ތެރޭގައި އުޅަނދު ނެގިފައި ނުވާ ނަމަ ތިލަފުއްޓާއި ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާއި މެދު އަމަލުކުރުމުގެ އުޞޫލުގެ ދަށުން އުޅަނދުތަކާމެދު ޢަމަލު ކުރެވޭނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.










