
F4EOrMCaUAAgD0i
ހުޅުމާލޭގައި އަމިއްލަ ކުންފުނިތަކުން ހިންގާ ހައުސިންގ މަޝްރޫޢުތަކުގެ މަޢުލޫމާތު ފަސޭހައިން ބަލައިލެވޭ ޕޯޓަލެއް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން އިފްތިތާޙުކޮށްފިއެވެ.
"ޕްރައިވެޓް ހައުސިންގ އިންފޮމޭޝަން ޕޯޓަލް"ގެ ނަމުގައި ތަޢާރަފުކުރި މި ޕޯޓަލް އިފްތިތާޙުކޮށްފައި ވަނީ ވިނަރެސް ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
މި ޕޯޓަލްގެ އެންމެ ބޮޑު އަމާޒަކީ އަމިއްލަ ކުންފުނިތަކުން ހިންގާ މަޝްރޫޢުތަކުގެ ސައްހަކަން ކަށަވަރުކޮށް، މަޝްރޫޢުތަކާ ބެހޭ މުހިންމު މައުލޫމާތު ބަލައިލެވޭނެ ފަސޭހަގޮތެއް ހަމަޖައްސައިދިނުންކަމަށް އެޗްޑީސީން ބުނެއެވެ. މި ޕޯޓަލަށް ވަދެވޭނީ އީފާސް މެދުވެރިކޮށެވެ.
މި ޕޯޓަލުން ހުޅުމާލޭގައި ކުރިއަށްގެންދާ މަޝްރޫޢުތައް ކުރިއަށްދާގޮތް ވަގުތުން ބަލާލެވޭނެކަމަށެވެ. އަދި އެޕާޓްމަންޓެއް ގަންނަން ލިބޭތޯއާއި އެޕާޓްމަންޓުގެ ސައިޒް އެނގޭނެހެން މުހިންމު މަޢޫލޫމާތުތައް މި ޕޯޓަލްގައި ފެންނަން ހުންނާނެއެވެ.
މި ޕޯޓަލާއި ގުޅޭގޮތުން އެޗް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު އާތިފް ވިދާޅުވީ، މި ޕޯޓަލަކީ ބައެއް މަޝްރޫއުތަކުން އެޕާޓްމަންޓް ގަންނަ ފަރާތްތަކަށް ލިބެންޖެހޭ މަޢުލޫމާތާއި ޙައްޤުތައް ނުލިބުން ފަދަ މައްސަލަތައް ކުރިމަތިވާތީ އެކަން ހައްލުކުރުމުގެ ގޮތުން އިފްތިތާޙުކުރި ޕޯޓަލެއްކަމަށެވެ. އަދި ޕޯޓަލުގައި ލިބެން ހުންނަ މަޢުލޫމާތު ކޮންމެ މަހަކު އެއްފަހަރު އަޕްޑޭޓްކުރަމުންދާނެކަމަށް އާޠިފް ވިދާޅުވިއެވެ.
"މިތަނުގައި ހިންގާ މަޝްރޫއުތަކެއް އެ ޕޯޓަލްގައި ރަޖިސްޓްރީކުރަން ލާޒިމް އެބަ ކުރަން. އެއާ އެއްކޮށް ކޮންޓްރެކްޓަށް ވެސް އެކަން އެބަ ހިމަނަން" އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު އާޠިފް ވިދާޅުވިއެވެ.
ޕްރައިވެޓް ހައުސިންގ އިންފޮމޭޝަން ޕޯޓަލް ހިމެނެނީ އެޗް.ޑީ.ސީގެ ޚިދުމަތްތަކާއި މަޢުލޫމާތު އޮންލައިންކޮށް ފޯރުކޮށްދޭ "މައި ހުޅުމާލެ" ޕޯޓަލްގެ ތެރޭގައެވެ.

.jpg?w=3840&q=75)
.jpeg?w=3840&q=75)


.jpg?w=3840&q=75)
.jpeg?w=3840&q=75)



