
big_7fcuCZKr7keKl5SBsPqs7jkZ1
މާލޭގައި ހިންގާ ގަރާޖުތައް ރައްކާތެރި ސަރަހައްދަކަށް ބަދަލުކުރުމަށް ހުޅުމާލެއިން ބިން ދިނުމަށް ނިންމައިފި އެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވީ، މާލޭގައި މިހާރު ހިންގަމުންދާ ގަރާޖުތަކުގެ ތެރެއިން، 1000 އަކަފޫޓަށްވުރެ ކުޑަ ގަރާޖުތަކަށް ހުޅުމާލެއިން 1000 އަކަފޫޓޫ ބިން ދޫކުރުމަށް ނިންމާފައިވާކަމަށެވެ. އަދި 1000 އަކަފޫޓަށްވުރެ ބޮޑު ގަރާޖުތަކަށް 1300 އަކަފޫޓޫގެ ބިން ހުޅުމާލެއިން ދޫކުރުމަށް ވަނީ ނިންމާފައެވެ.
ހުޅުމާލެއިން ދޫކުރާ ބިންތަކުގައި އަޅާ ގަރާޖުތައް ދެ ފަންގި ފިލާއަށް އިމާރާތްކުރެވޭނެ ކަމަށް އެޗްޑީސީއިން ވަނީ ނިންމާފައެވެ.
މާލޭގައި މިހާރު ހިންގަމުންދާ ގިނަ ގަރާޖުތަކަކީ ކުޑަތަންކޮޅެއްގައި އާންމު ރައްޔިތުންގެ ގެ ތަކުގައި ހިންގަމުންދާ ތަންތަނެވެ. މި ގަރާޖުތަކުގައި ވެލްޑިންގ ކުރުމާއި ޓިންކަރިންކުރުން ފަދަ ކަންކަން ކުރެއެވެ. އަދި ތަފާތު ނުރައްކާތެރި ހާދިސާތައްވެސް މިފަދަ ތަންތަނުގައި ވަނީ ހިނގާފައެވެ.
އާންމުން ދިރިއުޅޭ ތަންތަނުގައި މިފަދަ ކަންކަންކުރުމަކީ ނުރައްކާތެރިކަމަކަށްވުމުން ހުޅުމާލެއިން ގަރާޖުތައް ހިންގަން ބިން ދޫކުރުން ވެގެންދާނީ މިކަމަށް ލިބިގެންދާނެ ބޮޑު ޙައްލެއްކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ. އަދި މިއީ މާލޭގައި ދިމާވާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، އެޗް.ޑީ.ސީއާއި ސަރުކާރާއި ގުޅިގެން ނިންމި ނިންމުމެއްކަމަށްވެސް އެ ކޯރޕަރޭޝަނުން ވިދާޅުވެއެވެ.

.jpg?w=3840&q=75)
.jpeg?w=3840&q=75)


.jpg?w=3840&q=75)
.jpeg?w=3840&q=75)



