
majlis| މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކޮމެޓީ ކޮޓަރިތަކުގައި ތަޅުލާފައި ބަހައްޓަނީ އެތަނުގައި މުހިންމު ލިޔެކިޔުންތައް ހުންނާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކޮމިޓީ ބައްދަލުވުން ބާއްވާ ކޮޓަރިތަކުގައި މުހިއްމު ލިޔެކިޔުންތައް ހުންނާތީ، ކޮޓަރިތަކުގައި މަސައްކަތެއް ކުރިއަށްނުދާ ހުރިހާ ވަގުތުތަކެއްގައިވެސް އެ ކޮޓަރިތަކަކީ ތަޅުލާފައި ހުންނަ ކޮޓަރިތަކެއް ކަމުގައެވެ.
މަޖިލީހުން މިގޮތައް ވިދާޅުވެފައި މިވަނީ، މަޖިލީހުގެ ކޮމެޓީތަކުގައި ތަޅުލާފައިވާކަމަށްބުނެ ފަތުރަމުން އަންނަ ހަބަރަކާއި ގުޅިގެންނެވެ.
އެމްޑީޕީގެ 13 މެމްބަރަކު އެޕާޓީން ވަކިވުމާއެކު، ކޮމެޓީތައް އަލުން އެކުލަވާލަން ޖެހޭއިރު، އެ މަސައްކަތް ކުރިއަށް ނުދާތީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

.jpg?w=3840&q=75)
.jpeg?w=3840&q=75)


.jpg?w=3840&q=75)
.jpeg?w=3840&q=75)



