
FszX2PYaEAA0s_c
ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް އެސްޓީއޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ބާއްވާ މަދަޙަ މުބާރާތް ފަށައިފިއެވެ.
އެސްޓީއޯއިން ކޮންމެ ރަމަޟާން މަހަކަށް ޚާއްސަކޮށްގެން އެކުންފުނީގެ މުވައްޒަފުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ މި މުބާރާތުގައި މިއަހަރު 121 މުވައްޒަފުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވެއެވެ.
އެސްޓީއޯގެ އިންޓަހައުސް މަދަހަ ޗެލެންޖް 2023 މިހާރު ފެށިފައިވާއިރު، މި މުބާރާތަކީ ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މުބާރާތެއް ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ. އެގޮތުން ވާޗުއަލް ކެޓަގަރީއިން 62 ބައިވެރިން ބައިވެރިވެފައިވާއިރު ލައިވް ކެޓަގަރީއިން 59 ބައިވެރިންގެ ހުށަހެޅުންތައް މި މުބާރާތުން ފެނިގެންދާނެއެވެ.
މިމުބާރާތް ދެ ކެޓަގރީއަކަށް ބަހާލައިގެން ކުރިއަށްގެންދަން ހަމަޖެހިފައިވާއިރު، ލައިވް ކެޓަގަރީން އެއްވަނައަށްދާ ފަރާތަށް 5،000 ރުފިޔާ، ދެވަނައަށް 3،000 ރުފިޔާ އަދި ތިން ވަނައަށް ދާ ފަރާތަކަށް 1،500 ރުފިޔާ ފައިސާގެ އިނާމްގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖައްސާފައެވެ.
އަދި ވާޗުއަލް ކެޓަގަރީއިން އެއްވަނައަށްދާ ފަރާތަކަށް 4،000 ރުފިޔާ، ދެ ވަނައަށްދާ ފަރާތަކަށް 2،000 ރުފިޔާ އަދި ތިންވަނައަށްދާ ފަރާތަކަށް 1،000 ރުފިޔާ ފައިސާގެ އިނާމުގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖައްސާފައެވެ.
މިމުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ ރާއްޖޭގެ ނަން މަޝްހޫރު ލަވަކިއުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޢަނީ (ތޭރަވާ)، ޝަލަބީ އިބްރާހިމް އަދި ރާފިޔަތު ރަމީޒެވެ.
.jpeg?w=3840&q=75)




.jpeg?w=3840&q=75)




.jpg?w=3840&q=75)





