
WhatsApp Image 2023-10-06 at 14.43.26
އެސްޓީއޯއިން ރަސަލް ހޮބްސްގެ އުފެއްދުންތަކަށް ޚާއްސަކޮށްގެން ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެސްޓީއޯއީން މިއަދު ބުނީ އަލަށް ފެށި މި ޕްރޮމޯޝަންގައި އެކުންފުނިން ރާއްޖޭގައި ވިއްކަމުން އަންނަ ރަސަލް ހޮބްގެ އުފެއްދުންތައް ގަތުމަށް ހޭދަކުރާ ކޮންމެ 250 ރުފިޔާއަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެއެވެ.
އެގޮތުން ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ފަރާތަކަށް އެއްވަނަ އިނާމަކަށް ދެ މީހަކަށް ސިންގަޕޫރު ދެކޮޅު ޓިކެޓް ލިބޭއިރު ދެވަނަ އިނާމަކީ 75 އިންޗީގެ ފިލިޕްސް އެލްއީޑީ ޓީވީއަކާއި ޕިލިޕްސް ސައުންޑް ބާ އެކެވެ. ތިންވަނައަށް ހޮވޭ ފަރާތަކަށް ހުށަހަޅާފައިވަނީ ހިޓާޗީ ފްރޮންޓް ލޯޑް ދޮންނަ މެޝިނެކެވެ.
މި ޕްރޮމޯޝަނަކީ މިމަހުގެ ނިޔަލަށް ކުރިޔަށް ގެންދާ ޕްރޮމޯޝަންއެކެވެ. އެސްޓީއޯއިން ވަނީ ރަސަލް ހޮބްސް އުފެއްދުންތަކަށް ޚާއްސަ ސޭލްއެއްވެސް ފަށާފައި އެވެ.
ރަސަލް ހޮބްސްއަކީ 1952 ވަނަ އަހަރު ވުޖޫދުވި، ދުނިޔޭގެ ނަން މަޝްހޫރު މަގްބޫލު ބްރޭންޑެކެވެ. އެގޮތުން އެސްޓީއޯއިން އަންނަނީ ރަސަލް ހޮބްސް ބްރޭންޑުގެ ބަދިގޭގައި ބޭނުންކުރެވޭ އެކި ވައްތަރުގެ އިލެކްޓްރޯނިކް ސާމާނު ވިއްކަމުންނެވެ. މި ޕްރޮމޯޝަނާއި އެކު އެސްޓިއޯއިން ވަނި ރަސަލް ހޮބްސްގެ އުފެއްދުންތަކުގެ އަޖުމަ ބަލާލެވޭ ގޮތަށް ޚާއްސަ ސްޓޯލްއެއް މާލޭގައި ހުންނަ އެސްޓީއޯ ޕީޕަލްސް ސުޕާމާކެޓުގައި ގާއިމްކޮށްފައިއެވެ.



.jpg?w=3840&q=75)




.jpg?w=3840&q=75)







