logoEN
cocacola
"ޖޮއިންޓް ޕޮޒިޓިވް ޕޭރެންޓިންގ ޕްރޮގްރާމް" އިފްތިތާޙުކޮށްފި

"ޖޮއިންޓް ޕޮޒިޓިވް ޕޭރެންޓިންގ ޕްރޮގްރާމް" އިފްތިތާޙުކޮށްފި

އައިޝަތު އިފާޝާ

logo

6/1/2022, 11:06:25 PM

# އެޑިއުކޭޝަން މިނިސްޓްރީ# ޔުނިސެފް

228651_f6c3c5b6-d_

މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ރާއްޖޭގައި ހުންނަ ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑް (ޔުނިސެފް) އޮފީހާ ގުޅިގެން ބާއްވާ "ޖޮއިންޓް ޕޮޒިޓިވް ޕޭރެންޓިންގ ޕްރޮގުރާމް"އިފުތިތާޙުކޮށްފިއެވެ.

ގޮސިޔާ

މި ޕްރޮގްރާމް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ. ހުޅުމާލެ ހޮސްޕިޓަލްގައި ހުންނަ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ އިތުރުން ކުދިންގެ ބެލެނިވެރިންނާއި ސަރުކާރާއި އަދި ޔުނިސެފްގެ އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޔުނިސެފްއާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ފަށާ މި ޕްރޮގުރާމް 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ޔުނިސެފް އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ، މި ޕްރޮގުރާމްގެ މަޤުޞަދަކީ ކުދިން ހެދިބޮޑުވުމުގައި އެހީތެރިކަންދީ ކުދިންގެ ޤާބިލުކަން ހުރި އެންމެ މަތީ މިންވަރަކަށް، އެ ކުދިންގެ ޤާބިލުކަން އިތުރުކޮށްދިނުމަށް ބޭނުންވާ ބެލެނިވެރިކަމުގެ ރަނގަޅު ހުނަރުތައް ބެލެނިވެރިންނަށް ދަސްކޮށްދީ ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ދިނުމެވެ.

މި ޕްރޮގުރާމަކީ 2021 ވަނަ އަހަރު ކުރިއަށް ގެންދިޔަ "ސިޗުއޭޝަން އެނާލިސިސް އޮފް ޗިލްޑްރަން އެންޑް ޔޫތު" ގައި ފާހަގަކޮށްފައިވާ ފަދައިން ކުޑަކުދިންގެ ދިރިހުރުމާއި ތަރައްޤީއަށް ހުރި އެންމެބޮޑެތި ގޮންޖެހުންތަކަށް ޙައްލުހޯދުމަށް އަމާޒުކޮށްފައިވާ ޕްރޮގްރާމެކެވެ.

އަދި މިއީ 21 ވަނަ ގަރުނުގެ ގޮންޖެހުންތަކާއި، ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން މައިންބަފައިންނާއި، ކުޑަކުދިންނާއި، ފުރާވަރުގެ ކުދިންނަށް އިތުރަށް ކުރިމަތިލާންޖެހުނު ގޮންޖެހުންތަކަށްވެސް ހައްލުތައް ހޯދުމަށް އަމާޒު ހިފާފައިވާ ޕްރޮގުރާމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ