
309098958-621515212960386-3840644169656046588-n
އަރަބިއްޔާ ސްކޫލް އާއި ޖަމާލުއްދީނގް ސްކޫލްގެ އާ އިމާރާތެއް އެޅުމަށް އަމީން ކޮންސްޓްރަކްޝަން އާއި ހަވާލުކޮށްފި އެވެ.
ބާ ޖަމާލުއްދީން ހުރި ބިމުގައި އެޅުމަށް ހަމަޖެހިފައިވާ މި ދެ އިމާރާތުގެ މަަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރީ އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ދެ އިމާރާތް އެޅުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އައިޝަތު އަލީ އެވެ. އަދި އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ ސެކްރެޓަރީ އިންރާހިމް ނިހާދެވެ.
އެ އެއްބަސްވުމުގެ ދަށުން އަރަބިއްޔާ ސްކޫލްގެ 40 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލަކާއި ހަތަރު ލިފްޓް ބެހެއްޓުމުގެ މަސައްކަތް އަމީންއިން ކުރާނެ އެވެ. އަދި ޖަމާލުއްދީން ސްކޫލްގެ 34 ކްލާސް ރޫމާއި ދެ ލިފްޓް ބެހެއްޓުމުގެ މަސައްކަތްވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ދެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީއިން އަމީން އާއި ހަވާލުކުރީ 420 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މިއީ 168 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދެ ސްކޫލުގެ މަސައްކަތް އަންނަ އަހަރުގެ ޑިސެމްބަރު މަހަށް ނިންމާނެ ކަމަށެވެ. އަދި 2024 ގެ ޖެނުއަރީގައި އެ އިމާރާތްތަކުގައި ކިޔަވައިދޭން ފަށާނެ ކަމަށް ވިދާޅުވިއެވެ.
އަރަބިއްޔާގެ އާ އިމާރާތް ބާ ޖަމާލުއްދީންގެ ބިމުގައި އަޅަން ނިންމީ ކުރިން އަރަބިއްޔާ ހިންގަމުން އައި އިމާރާތުގެ ތަނބުގައި ރެނދުލައި އެތަނުގައި ކިޔަވައިދިނުން ރައްކާތެރި ނޫން ކަމަށް ކަނޑައެޅުމުންނެވެ. އޭގެ ފަހުން އަރަބިއްޔާ މިހާރު ހިންގަމުން ދަނީ ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގި އިމާރާތުގައެވެ.










%20(1).jpeg?w=3840&q=75)

