
އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 85 ޕަސެންޓް ނިމިއްޖެ
# އެމްޓީސީސީ# ހއ. އިހަވަންދޫihavandhoo
އިހަވަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިމިއްޖެ އެވެ.

އެމްޓީސީސީން ބުނީ ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 85 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ބޭރުތޮށީގެ ވޭރިއޭޝަން މަސައްކަތްތަކުގެ 90 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ. އަދި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 4,582 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެ އެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 59.07 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ގުޅުންހުރި

ފިޔޯރީ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއު: ކުއޭ ވޯލް ބްލޮކްގެ ދެވަނަ ޝިޕްމަންޓް އެރަށަށް!

ހޯރަފުށީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަަހީގެ އަމަލީ މަސައްކަތް ފަށައިފި

ވާދަވެރި ކުޅުމަކަށްފަހު އެމްއެމްއޭ ބަލިކޮށް އެމްޓީސީސީ އިން ފެށުން ރަނގަޅުކޮށްފި
