
ދަރަނބޫދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީ އަށް
360 ދުވަސްތެރޭގައި ނިންމާގޮތައް ފ.ދަރަނބޫދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓަކްޗާ، ހައުސިންގް އެންޑް އާބަން ޑިވެލޮޕްމަންޓް އާއި އެމްޓީސީސީއާ ދެމެދު މި އެއްބަސްވުމުގައި މިއަދު ސޮއިކުރިއިރު، މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް އިސްމާއިލް ހަމީދު އެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު އަލްފާޟިލް މުހައްމަދު ޖަމްޝީދު އެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން 6 ބޮޑުހިލައިގެ ޣޮރޮއިން ޖެހުމާއި، 635މ ބޮޑުހިލައިގެ ލޯކްރެސްޓް ބްރޭކް ވޯޓާ ޖެހުން އަދި 65މ ގެ 4 ބޮޑުހިލައިގެ ލޯކްރެސްޓް ބްރޭކް ވޯޓާ ޖެހުންވެސް ހިމެނެ އެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީވެސް 360 ދުވަސްތެރޭގައި ނިންމާގޮތަށެވެ.


.jpg?w=3840&q=75)

.jpg?w=3840&q=75)
.jpeg?w=3840&q=75)

.jpg?w=3840&q=75)

.jpg?w=3840&q=75)
.jpeg?w=3840&q=75)



