








މަސްތުވާތަކެތީގެ މައްސަލާއިގައި އިހަވަންދޫއިން ހައްޔަރުކުރި މީހާ- ފޮޓޯ: ފުލުހުން
މަސްތުވާތަކެތީގެ މައްސަލައެއްގައި ހއ.ތަކަންދޫ އިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބިޖިލީގެ/ ހއ. އިހަވަންދޫ، އަހްމަދު ޝައްމާހް (26އ) ކަމަށެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ ތަކަންދޫ ބަނދަރު ސަރަހައްދުން ކަމަށް ފުލުހުން ބުންޏެވެ.
މި މަހުގެ 1 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަން ކުރިއަށްގެންދިޔައީ އިހަވަންދޫ ޕޮލިހާއި، ތަކަންދޫ ޕޮލިސް އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. އަދި އޮޕަރޭޝަންގައި އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 2.0 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި ޝައްމާހް ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.








