
ފައިހަތަށް 5،606 ވޯޓު، މެޖޯރިޓީ ނުލިބުނީ ހަމައެކަނި ރަތަފަންދޫއިން!
# ގދ. އަތޮޅު ކައުންސިލް# ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2021# ގދ. އަތޮޅު ރައީސް18B700D3-03EC-4E52-AA06-1496DBDD0F65
މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ގދ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން އެ މަޤާމަށް އިންތިޚާބުވި ކެންޑިޑޭޓް، ހަސަން ފައިހަތު ޤުދުރަތުﷲ އެ މަގާމަށް އިންތިޚާބުވީ 1768 ވޯޓުގެ ބޮޑު ތަފާތަކުންނެވެ. އެ މަޤާމަށް އޭނާ ވާދަ ކުރީ އިދިކޮޅު ޕީޕިއެމް ޓިކެޓުގައެވެ.

ގދ. އަތޮޅު ރައީސް ކަމުގެ ގޮނޑީގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން ފައިހަތަށް ލިބިފައިވަނީ 5،606 ވޯޓެވެ. އެއީ ވެރިކަން ކުރާ އެމްޑީޕީގެ ފަރާތުން ވާދަކުރި، މުޙައްމަދު ޙަސަން (ކެޔޮޅު) އަށް ލިބުނު 3،838 ވޯޓާ އަޅާ ބަލާއިރު 18.1 އިންސައްތައިގެ ތަފާތެކެވެ.
ގދ. އަތޮޅުން ފައިހަތަށް މެޖޯރިޓީ ނުލިބި އޮތީ ހަމައެކަނި ރަތަފަންދޫންނެވެ. އެ ރަށުން ފައިހަތަށް ލިބުނީ 285 ވޯޓެވެ. ކެޔޮޅަށް 341 ވޯޓު ލިބިފައިވެއެވެ.
ގދ. ގެ ރަށްރަށުން އަތޮޅު ރައީސްގެ ގޮނޑިއަށް ވޯޓު ދީފައިވާ ގޮތް:
ގދ. ތިނަދޫ
މުޙައްމަދު ޙަސަން (ކެޔޮޅު) - އެމްޑީޕީ: 1106 ވޯޓު
ޙަސަން ފައިހަތު ޤުދުރަތުﷲ - ޕީޕީއެމް: 1829 ވޯޓު
މުޙައްމަދު މުޚްތާރު - ޖޭޕީ: 28 ވޯޓު
**ތިނަދޫން ފައިހަތަށް 61.73 އިންސައްތަ ވޯޓު ލިބިފައިވެއެވެ.
ގދ. މަޑަވެލި
މުޙައްމަދު ޙަސަން (ކެޔޮޅު) - އެމްޑީޕީ: 403 ވޯޓު
ޙަސަން ފައިހަތު ޤުދުރަތުﷲ - ޕީޕީއެމް: 570 ވޯޓު
މުޙައްމަދު މުޚްތާރު - ޖޭޕީ: 09 ވޯޓު
**މަޑަވެލިން ފައިހަތަށް 58.04 އިންސައްތަ ވޯތު ލިބިފައިވެއެވެ.
ގދ. ހޯނޑެއްދޫ
މުޙައްމަދު ޙަސަން (ކެޔޮޅު) - އެމްޑީޕީ: 353 ވޯޓު
ޙަސަން ފައިހަތު ޤުދުރަތުﷲ - ޕީޕީއެމް: 358 ވޯޓު
މުޙައްމަދު މުޚްތާރު - ޖޭޕީ: 06 ވޯޓު
**ހޯނޑެއްދޫން ފައިހަތަށް ލިބުނީ 49.93 އިންސައްތަ ވޯޓެވެ. ކެޔޮޅަށް ލިބުނީ 49.23 އި ންސައްތަ ވޯޓެވެ.
ގދ. ނަޑެއްލާ
މުޙައްމަދު ޙަސަން (ކެޔޮޅު) - އެމްޑީޕީ: 202 ވޯޓު
ޙަސަން ފައިހަތު ޤުދުރަތުﷲ - ޕީޕީއެމް: 297 ވޯޓު
މުޙައްމަދު މުޚްތާރު - ޖޭޕީ: 07 ވޯޓު
**ނަޑެއްލާއިން ފައިހަތަށް 58.7 އިންސައްތަ ލިބިފައިވެއެވެ.
ގދ. ރަތަފަންދޫ
މުޙައްމަދު ޙަސަން (ކެޔޮޅު) - އެމްޑީޕީ: 341 ވޯޓު
ޙަސަން ފައިހަތު ޤުދުރަތުﷲ - ޕީޕީއެމް: 285 ވޯޓު
މުޙައްމަދު މުޚްތާރު - ޖޭޕީ: 22 ވޯޓު
** ރަތަފަންދޫން ފައިހަތަށް ލިބުނީ 43.98 އިންސައްތަ ވޯޓެވެ. ކެޔޮޅަށް ލިބުނީ 52.62 އިންސައްތައެވެ.
ގދ. ފިޔޯރީ
މުޙައްމަދު ޙަސަން (ކެޔޮޅު) - އެމްޑީޕީ: 239 ވޯޓު
ޙަސަން ފައިހަތު ޤުދުރަތުﷲ - ޕީޕީއެމް: 314 ވޯޓު
މުޙައްމަދު މުޚްތާރު - ޖޭޕީ: 178 ވޯޓު
**ފިޔޯރީން ފައިހަތަށް 42.96 އިންސައްތަ ލިބުނު އިރު ކެޔޮޅަށް ލިބުނީ 32.69 އިންސައްތައެވެ.
ގދ. ފަރެސްމާތޮޑާ
މުޙައްމަދު ޙަސަން (ކެޔޮޅު) - އެމްޑީޕީ: 348 ވޯޓު
ޙަސަން ފައިހަތު ޤުދުރަތުﷲ - ޕީޕީއެމް: 647 ވޯޓު
މުޙައްމަދު މުޚްތާރު - ޖޭޕީ: 20 ވޯޓު
** ފަރެސްމާތޮޑާއިން ފައިހަތަށް 63.74 އިންސައްތަ ލިބިފައިވެއެވެ.
ގދ. ވާދޫ
މުޙައްމަދު ޙަސަން (ކެޔޮޅު) - އެމްޑީޕީ: 271 ވޯޓު
ޙަސަން ފައިހަތު ޤުދުރަތުﷲ - ޕީޕީއެމް: 394 ވޯޓު
މުޙައްމަދު މުޚްތާރު - ޖޭޕީ: 25 ވޯޓު
** ވާދޫން ފައިހަތަށް ލިބުނީ 57.10 އިންސައްތައެވެ.
ގދ. ގައްދޫ
މުޙައްމަދު ޙަސަން (ކެޔޮޅު) - އެމްޑީޕީ: 575 ވޯޓު
ޙަސަން ފައިހަތު ޤުދުރަތުﷲ - ޕީޕީއެމް: 912 ވޯޓު
މުޙައްމަދު މުޚްތާރު - ޖޭޕީ: 31 ވޯޓު
** ގައްދޫން ފައިހަތަށް ލިބިފައިވަނީ 60.08 އިންސައްތައެވެ.
ގުޅުންހުރި

ގދ. އަތޮޅު ކައުންސިލުން ތުރުކީއާއި ދުބާއީއަށް ކުރި ދަތުރަކީ ގާނޫނީ އުންސުރު ހަމަވާ ދަތުރެއް - ގައްދޫ ރައީސް

ގދ. އަތޮޅު ކައުންސިލުން ތުރުކީއާއި ދުބާއީއަށް ދިޔުމަށް 8 ލައްކަށްވުރެ ގިނަ ރުފިޔާ ހަރަދުކުރި

ގދ. އަތޮޅު ކައުންސިލް އެތްލެޓިކްސް މުބާރާތް ފަށައިފި
